ކޯވިޑް-19 އާއި ދެކޮޅަށް ބޭނުންކުރުމަށް އިނގިރޭސިވިލާތުގައި ތަރައްގީކުރަމުން އަންނަ ވެކްސިންތަކުގެތެރެއިން، އޮކްސްފޯޑް ޔުނިވާސިޓީ އިން ތައްޔާރުކުރި ވެކްސިން ފުރަތަމަ ފަހަރަށް އިންސާނުންނަށް ދޭން ފަށައިފިއެވެ.

މި ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުމުގެ މަރުހަލާ ފަށާފައިމިވަނީ، ޖަނަވާރުންނަށް ވެކްސިން ދީގެން އަޖުމަ ބެލުމަށް ފަހު ލިބުނު ކާމިޔާބާއި އެކުގައެވެ. އާންމުކޮށް ބަލިތަކުން ރައްކާތެރިވުމަށް އުފައްދާ ވެކްސިން ފުރަތަމަ ޓެސްޓު ކުރަނީ ޖަނަވާރުން ބޭނުން ކޮށްގެންނެވެ. އަޖުމަ ބެލުމަށް އިންސާނުން ބޭނުން ކުރަނީ ޖަނަވާރުންގެ ގަޔަށް ޖަހައިގެން އެއީ ބަލިން ދިފާއުވެވޭނެ ވެކްސިނެއްކަން ޔަގީންވުމުންނެވެ.

އިންސާނުންނަށް ވެކްސިދިނުން އެކި މަރުހަލާތަކަކަށް ބަހާލާފައިވާއިރު، މި ބުރުގައި ވެކްސިންދޭނީ 300 ވޮލެންޓިއަރުންނަށް ކަމަށްވިއަސް ޕޫލް ބޮޑުކޮށް، 6000 މީހުންނަށް ވެކްސިންދޭނެކަމަށް އޮކްސްފޯޑް ޔުނިވާސިޓީއިން ބުނެއެވެ.

ދުނިއޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19 އާއި ދެކޮޅާށް ބޭނުންކުރުމަށް 120 އަށް ވުރެ ގިނަ ވެކްސިން ތައްޔާރުކުރުމުގެ މައްސައްކަތް ކުރެވެމުންދާއިރު، އެންމެ ކުރީގައި އުޅޭ އޮކްސޯފްޑް ޔުނިވާސިޓީގެ ތަޖުރިބާކާރުންގެ ޓީމުގެ ވެކްސިން ބޭނުންކުރެވޭ ވަރު ވާނެކަމަށް ބެލެވެނީ މި އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން