ބޭރުގެ އެއާރލައިން އެއްގެ ޕައިލެޓުންތަކެއް
ބޭރުގެ އެއާރލައިން އެއްގެ ޕައިލެޓުންތަކެއް
ޕޮލިސް، އެމް.އެން.ޑީ،އެފް، ޕައިލެޓް، ކްރޫއިން ނުވަތަ އެނޫންވެސް ޔުނިފޯމް އެޅި ވަޒީފާއެއް އަދާކުރާނަމަ، ބިޓުން ހޯދުމަކީ އެހާ އުނދަގޫކަމަކަށް ނުވެއެވެ. ޔުނިފޯމް އެޅި ވަޒީފާއެއް އަދާކުރާ ފިރިހެނެއްނަމަ، އެމީހަކަށް ގިނަ އަންހެންކުދިންގެ ހިތްކިޔާ ވާހަކައަކީ، ދިވެހި މުޖުތަމަޢުގައި އާދަޔާ ޚިލާފު ވާހަކައަކަށް ނުވާނެއެވެ.

ޔުނިފޯމުގައި ތިބޭ އިރު، އެމީހުންގެ އެހުންނަ ސާފުތާހިރުކަމާއި އެމީހުން ދައްކާ ރިވެތި އަޙްލާގާއި ސްލޫކަކީ މައިގަނޑު ސަބަބެއްކަމުގައި ބެލެވެއެވެ. ރާއްޖެއެކޭ އެއްފަދައިން ބޭރު ޤައުމުތަކުގައިވެސް ޔުނިފޯމުގައި ތަފާތު ވަޒީފަތަކަށްދާ ޒުވާން ފިރިހެނުންނަށް އަންހެން ކުދީން ހިތްކިޔުންވަނީ ވަރަށް އާއްމުކަމަކަށެވެ. ބޭރުގެ ސައިކޮލޮޖިކަލް 'ސްޓަޑީސް' އާއި ބައެއް ދިރާސާ ރިޕޯޓުތަކުން މިކަންވަނީ ހާމަވެފައެވެ. ޒުވާން ފިރިހެނުން އެހާ ފަސޭހަކަމާއެކު، އަންހެންކުދިންގެ ހިތްތައް އަތުލައިގަންނަ ބައެއް ސަބަބުތައް ކަމަށްް ބޭރުގެ އެދިރާސާތަކުން ހާމަކޮށްފައިވާ ސަބަބުތައް ތިރީގައި ހިއްސާކޮށްލާނަމެވެ.

- ޔުނިފޯމް އެޅުމުން މީހާގެ 'ސްމާޓް'ކަން އިތުރުވެގެންދޭ

ހަށިގަނޑަށް ސަމާލުކަމެއް ދިނުމެއްނެތި އެންމެ ފުރަތަމަ އަތުގަ އެވަގުތަކު ޖެހުނު ޓީޝާޓަކާއި ޖިންސެއް ލައިގެން ނުކުންނަ ކުދިންނާއި ހަށިގަނޑަށް ހެޔޮވަރު، ސާފު ރީތި ޔުނިފޯމެއް ލައި ހަށިގަނޑު ސީދާވެލާފައި ބޭރުގައި ޑިއުޓީ ކުރަން އުޅޭ ޒުވާނުން ހުއްޓިތިބޭއިރު އެފެންނަ މަންޒަރު ހާސްތަފާތެވެ. ޔުނިފޯމް އެޅުމުން މީހާގެ ހައިބަތު އިތުރުކޮށްދެއެވެ. އަދި އެހެންމީހުންގެ އިޙްތިރާމާއި ޤަދަރު އެމީހުންނަށް ލިބިދެއެވެ. އެހެންކަމުން، ޔުނިފޯމް ލުމުން މީހާގެ 'ސްމާޓް'ކަން އިތުރު ކަމަށް ދައްކައެވެ.

- ހަށިގަނޑުގެ 'ފިޓްނެސް' އެއްވަރެއްގައި ހިފެހެއްޓުން

ޔުނިފޯމްއެޅި ވަޒީފާތަކަކީ ގިނަ ފިޒިކަލް ޓްރެއިނިންގއެއް ނިންމުމަށްފަހު ލިބޭ ވަޒީފާއެއްކަމުގައި ވުމާއި އަދި އަބަދުވެސް ވަކި ވަރަކަށް ފިޓްނަސް ލެވަލް ހިފެހެއްޓުމަކީ މިފަދަ ވަޒިފާތަކުގައި މުހިންމުކަމަކަށްވުމުން މިފަދަ ޒުވާނުން އަބަދުވެސް ހަށިގަނޑުގެ ފިޓްނަސް ލެވަލް ހިފަހައްޓަން މަސައްކަތްކުރެއެވެ. އެހެންކަމުން، އަބަދުވެސް އެމީހުން ފެނިގެންދަނީ 'ފިޓު' ބައެއްގެ ގޮތުގައެވެ.

- ތުނބުޅިއާއި ބޯކޮށައި ސާފުތާހިރުވުން

ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ ހެޔަރ ސްޓައިލް އެކިގޮތަށް ކަމުދާ ކުދިން ތިބެއެވެ. ނަމަވެސް ޔުނިފޯމް އެޅި ޒުވާނުން ކަމުދާ އަންހެން ކުދިންނަށް އެންމެ ކަމުދާ އެއްކަމަކީ އެމީހުންގެ 'ގްރޫމިންގ' އެވެ. އެއީ އަބަދުވެސް އެއްވަރަކަށް ރީތިކޮށް ބޮލާއި ތުނބުޅި ކޮށާފައި ހުރުމުން 'ފްރެޝް' އެޕިއަރެންސެއް' ހުންނާތިއެވެ.

- މުޙިއްމު މަސްޢުލިއްޔަތެއް އަދާކުރާ މުޢާސަސާއަކަށް ނިސްބަތްވުން

އެހެން މީހުން އެބަޔަކަށް އިޙްތިރާމް ކުރުމަކީ އެންމެންވެސް ބޭނުންވާނެކަމެކެވެ. އަދި އިޙްތިރާމް ލިބިގެންވާ މީހެއްގެ ގާތް މީހަކަށް ވުމަކީވެސް ގިނަ މީހުން ބޭނުންވާކަމެވެ. އެހެންކަމުން ޔުނިފޯމްއެއް ލައި ވަކި މުވާސަސާއަކަށް ނިސްބަތްވުމުން، އެމީހާއަށް އެހެން މީހުންގެ އިޙްތިރާމާއި ލޯބިލިބިގެންދެއެވެ. އަދި އެފަދަ ޒުވާނުންގެ ގާތް މީހަކަށް ވުމަށް ގިނަ އަންހެންކުދިން ބޭނުންވެއެވެ.

ޒަވާޖީ ހަޔާތަށް ބޭނުން މީހަކު ހޯދުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ބައެއް މީހުންނަށް ކަމުދާ ކަމެއް އަނެއްބަޔަކަށް ކަމުނުދިޔުންވެސް އެކަށީގެންވެއެވެ. ޔުނިފޯމް އެޅި ޒުވާނުން ކަމުދާ އަންހެން ކުދިންނަށް އެމީހުން ކަމުދާ އިތުރު ސަބަބުތައްވެސް ހުރެދާނެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް، އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤު ހުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކިރުސަޔާ ގަރުދިޔާއާއި ބަތާ

07-Mar-2023

ޔުނިފޯމް އެޅި ފަރާތްތަކަ ހިތްކިޔާ ފަރާތް ތަކަކީ ސައިކޮލަޖިކަލީ ބުނާނަމަ' އެއީ ސިކުނޑި ހިނގުމަށް ބޭނުން ވާ ބައެއް ބައި ހެދި ބޮޑުވުމުގަ ހުއްޓިފަ ނުވަތަ މަދު ވުމުން އޮތޯރިޓީ އަށް އަވަހަށް ހިތްބިރުގަންނަ' އަދި ގިނަފަހަރު ތިމާ މީހާގެ އަމިއްލަބާރެއް އެއް ކަމެއްގަވެސް ނެތް ކަމަށް އަބަދުމެ ހިތައް އަރާ ފަރާތް ތައް ކަމަށް ފަހުގެ ހޯދުން ތައް ދަލީލު ކުރެއެވެ.



ޓްރެންޑިން