ލ. ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އަދި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި ޚަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

365 ދުވަހުގެ ތެރޭގައި ޢިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މިމިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ޑިސެންބަރު 2022 ގައެވެ.



ކިޔުންތެރިންގެ ހިޔާލު