ގެޔަށް ދޮންވެލި ލުމާއި މާހެފުން ބޭއްވުމަކީ ބިދުޢައެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު މިމޭރުމުން ވިދާޅުވީ ރަމަޟާންމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ގިނަ ބަޔަކު ބާއްވަމުން ގެންދާ "މާހެފުމަކީ" ބިދުޢައެއްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޒައިދު ވިދާޅުވީ "މާހެފުމަކީ" ބިދުޢައެއް ނޫންކަމަށާއި އެއީ ދިވެހިން ޘަޤާފީގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން ކަމަށެވެ.
“މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤާފީގޮތުން ކުރަމުން އަންނަ ކަމެއް!” ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ރަށްރަށުގައި ގިނަ ބަޔަކު އެއްވެ މާހެފުމުގެ ޙަފްލާތަށް ބޭއްވުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ އެއީ ބިދުޢައެއް ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު