ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން އުވާލައިފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު 2009 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންއައި އުސޫލު އުވި ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެއެވެ.
ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެ ކުރާއިރު، އެންމެ ފުރަތަމަ ނަގަން ޖެހޭ ފޯމަކީ އެލް10 ފޯމެވެ. މިފޯމުގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމެވެ. މިބަދަލު ގެނައުމާއެކު މި ކޮންޓްރޯލް ދެންބަލާނީ ގަވާޢިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. މި ގޮތަށް ބަދަލު ގެނައުމުން ކުރިން 2 ޕްރޮސެސްއެއްގައި ބަލަމުންދިޔަ ކަންތައްތައް 1 ޕްރޮސެސްއަކުން ބަލައި ޔަގީން ކުރެވި މަސައްކަތް އަވަސްވެގެންދާނެއެވެ.
މިއިސްލާހު ގެނައުމާއި ހަމައަށް އެލް10ގެ ގޮތުގައި ހަތަރު ފުރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ހުއްދަ ހޯދަންޖެހެއެވެ. އަދި މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މަޢުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށްވެސް ވާންޖެހެއެވެ. އޭގެ އިތުރުން މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މަޢުލޫމާތަކީ ބައެއްގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުން ގޮސްފައިވާ މަޢުލޫމާތުތަކެކެވެ. އަދި ހަމަ އެހެންމެ މި ލިޔުން ހޯދުމަށްޓަކައި ގަރާޖާއި ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެއެވެ.
މި ގެނެވުނު ބަދަލާއެކު އެލް10ގެ ހުއްދަ ހޯދުމަކާ ނުލައި އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެއެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ އެލްއާރު1 ފޯމާއެކު މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަރ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން (ޑިލީޝަން ސެޓްފިކެޓް/ ރަޖިސްޓަރީ ބާތިލު ކުރިކަމުގެ ލިޔުން) ނުވަތަ އެކްސްޕޯޓް ސެޓްފިކެޓްގައި އެއުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުން ފުދޭނެއެވެ. އަދި ހަމަ އެހެންމެ ރޯޑު ވާދިނަސް ރިޕޯޓާއި ގަރާޖު ކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދެމުންގެންދާ ޚިދުމަތް ރައްޔިތުންނަށް އަވަހަށް އަދި ފަސޭހައިން ލިބޭނެގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކުރެވޭ މަސައްކަތުގައި އެލް10 ފޯމް އުވާލުމަކީ ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު