ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާއިން ތަރައްގީ ކުރަމުންގެންދާ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓްކޮށް އަޖުމަ ބެލުމުގެ މަރުހަލާ މިފެށޭ ޖުލައި މަހު ފަށަން ތައްޔާރު ވެއްޖެއެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ އިންޑިއާ ޓައިމްސް ގައި ބުނެފައިވާ ގޮތުން، ކޮވެކްސިންގެ ނަމުން ނަންދީފައިވާ މި ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓް ކުރުމުގެ ފުރަތަމަ ދެ މަރުހަލާއަށް އިންޑިއާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލްގެ ހުއްދަ ވަނީ ލިބިފައެވެ. އަދި މި އަންނަ ޖުލައި މަހުގެ ތެރޭގައި ޓެސްޓްތަކުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
އިންޑިއަން ކައުންސިލް ފޯ މެޑިކަލް ރިސާޗް އަދި ނޭޝަނަލް އިންސްޓިއުޓް އޮފް ވައިރޮލޮޖީ ގުޅިގެން ތަރައްގީކުރި މި ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހައިދަރްއާބާދްގެ ބާރަތު ބައޯޓެކް އާއި އެވެ. އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރ ޑރ.ކްރިޝްނާ އެއްލާ ވިދާޅުވެފައިވަނީ އިންޑިއާގެ އުފެއްދުމެއް ގޮތުގައި ވެކްސިން މި މަރުހަލާއަށް ކާމިޔާބުކަމާއި އެކު އާއިތީ ފަހުރުވެރިވާ ކަމަށެވެ.
މީގެ ކުރިން ދުނިއެއަށް ދިމާވި އެޗް1 އެން1 ބަލިމަޑުކަމާއި ދެކޮޅަށް އުފެއްދި ވެކްސިން ތައްޔާރު ކުރި ބާރަތު ބައޯޓެކްގެ ކޯ މެނޭޖިންގް ޑައިރެކްޓަރ ސުޗިތްރާ އެއްލާ ވިދާޅުވެފައިވަނީ އޭނާގެ ކުންފުންޏަކީ މިކަމަށް ވަރަށް ގާބިލު އަދި ވެކްސިން އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.
ބާރަތު ބައޯޓެކްގެ އިތުރުން އިންޑިއާގެ އިތުރު 5 ކުންފުންޏަކުން ދަނީ ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު