ޝާހްރުކްޚާން ލީޑުން ފެނިގެންދާ ފިލްމު ޖަވާންގެ ލީކުވެފައިވާ ކްލިޕްތައް ނަގަން ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަންޒަރުތައް ލީކުވަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން ފިލްމުގެ ލަވައެއްގެ މަންޒަރާއި، ފިލްމުގެ ޓީޒާރ އެއްކަމަށް ބެލެވޭ މަންޒަރުތަކެއްވެސް މިހާތަނަށް ވަނީ ލީކުވެފައެވެ.



ލީކުވި ކޮންޓެންޓްތަކަކާ ގުޅިގެން ދިއްލީ ހައިކޯޓުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ކޭބަލް ޓީވީ ހިންގާ ކުންފުނިތަކާއި ރޯގް ވެބްސައިޓްތަކާއި ޑައިރެކްޓް ޓު ހޯމް ސާވިސަސް އަދި ފިލްމުގެ މަންޒަރުތައް ލީކުކޮށް، އިތުރަށް ފަތުރަމުން ދާ ފަރާތްތަކަށް، ފިލްމުގެ ލީކުވި ކޮންޓެންޓް ނަގަން އަމުރުކޮށްފަ އެވެ.

ހިންދީ ފިލްމު ޖަވާން ވެގެންދާނީ ޕަތާން އަށްފަހު ޝާހްރުކްޚާން ދެން މިއަހަރު ފެނިގެންދާނެ ފިލްމަށެވެ. ފިލްމު ޖަވާންގެ އިތުރަށް މިއަހަރު ރިލީޒް ކުރާ ހިންދީ ފިލްމު ޑުންކީގެ ލީޑުންވެސް ޝާހްރުކްޚާން ފެނިގެންދާނެއެވެ.

ރެޑް ޗިލީސް އެންޓަރޓެއިންމަންޓުގެ ފިލްމު ޖަވާން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން