ޗެފް ޖޮކް ޒޮންފްރިލޯ.
ޗެފް ޖޮކް ޒޮންފްރިލޯ.
މާސްޓަރޝެފް އޮސްޓްރޭލިއާ ހުށައަޅައިދެމުން އައި ޝެފް ޖޮކް ޒޮންފްރިލޯ، ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

އޭނާ މަރުވިކަން ނެޓްވޯކް 10 އިން ކަށަވަރުކޮށްދީފައިވެއެވެ. މިކަން އިއުލާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސީޒަންގެ ޕްރިމިއާ މާސްޓަޝެފް ދައްކަން ފަށަން އޮތް ދުވަހު އެވެ.

އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޝެފް އަދި މާސްޓަޝެފް އޮސްޓްރޭލިއާގެ ހޯސްޓް ޖޮކް ޒޮންފްރިލޯ ވަނީ އޮސްޓްރޭލިއާގައި އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ ކުރިން ދުނިޔޭގެ މަޝްހޫރު އެތައް ޝެފުންނަކާއެކު ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓްތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ މިދާއިރާގައި ފުރަތަމަ މަސައްކަތް ކުރަން ފެށީ އުމުރުން 12 އަހަރުގައެވެ.

ޖޮކް ޒޮންފްރިލޯ މަރުވެފައި އޮއްވާ ފެނުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވިއިރު ހަތަރު ކުދިން ލިބިފައިވެއެވެ.

އޭނާ މަރުވީ އުމުރުން 46 އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން