މުޖުތަމައުގައި ފިތުނަ އުފައްދައި، މުސްލިމުންނާ ދެކޮޅަށް ޕްރޮޕެގަންޑާ ފަތުރާ ފިލްމެއް އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގައި ދެއްކުން މަނާކޮށްފިއެވެ.

"ދަ ކެރަލާ ސްޓޯރީ" ނަމަކަށް ކިޔާ މިފިލްމަކީ އިންޑިއާގެ ބޮޑުވަޒީރު އެންޑޯޒްކޮށް، ވެރިކަންކުރާ ހިންދޫންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ފިލްމެކެވެ. އަދި މިފިލްމުން ދައްކުވައިދޭ ކަންކަމަކީ ތެދު ހަގީގަތްކަމަށް ހިންދޫން ދެކެއެވެ.

ދަ ކެރެލާ ސްޓޯރީ ގައި ދައްކުވައިދެނީ 32000 އެއްހާ އެކި ދީންތަކަށް ނިސްބަތްވާ ކެރަލާ ސްޓޭޓުގެ އަންހެނުން ތަކެއް މުސްލިމުވެގެން ދިޔަގޮތެވެ. އަދި މިމީހުން އިސްލާމްދީން ގަބޫލު ކުރުމުން އެމީހުންނަކީ ހަރުކަށި ފިކުރުގެ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ ދާއޭޝް އިން ރެކްރޫޓް ކޮށްފައިވާބައެއްކަން ދައްކުވައިދެއެވެ.

މިފިލްމަށް ފާޑުކިޔާމީހުން ބުނާގޮތުން މިފިލްމަކީ ކޮމިއުނަލް ޕޮލަރައިޒޭޝަނާއި ހަމަނުޖެހުން އުފެއްދުމަށް އަމާޒުކޮށްގެން ދޮގު ވާހަކަތައް ފަތުރަމުންދާ ފިލްމެކެވެ.

އެގޮތުން މިހާރު މިފިލްމަކީ އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ އިތުރުން ޓަމިލް ނާޑޫގައިވެސް ދެއްކުން މަނާ ފިލްމެއްކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން