ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު
ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު
ގއ. ފުޅަދޫ ގައި ޑީކޯ ޗެމްބަރެއް އެޅުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގެ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ނުދޭން ސަރުކާރުން ނިންމައިފިއެވެ.

ޑިއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފަރެހުޅުދޫގައި ޑީކޯ ޗެމްބަރެއް އެޅުމަށް އެޕާޓީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެތައް ފަހަރަކު ސަރުކާރުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެންމެ ފަހުން މަސްވެރިކަމާބެހޭ ވުޒާރާއިން ޖަވާބުގައި އެއީ ޕޮލިސީ ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޑީއާރުޕީ އިން ބުނީ، ޑީކޯ ޗެމްބަރެއްގެ ޚިދުމަތް މަސްވެރިންނަށް ހިލޭ ސާބަހަށް ދިނުމަށް ވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ހުރަސް އަޅުއްވަމުން ދާކަމަށެވެ. ގއ. ފުޅަދޫ އަކީ ވަރުވާއަށް 10 އަހަރަށް ޖާބިރު ނަގާފައިވާ ރަށެއް ކަމުގައި ޑީއާރުޕީ އިން ބުނެފައިވެއެވެ.



ގއ. ފުޅަދޫ ގައި ޑީކޯ ޗެމްބަރެއް އެޅުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ޖަވާބުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދާއި ގުޅިގެން ގދ. ތިނަދޫ ގައި ޑިކޯ ޗެމްބަރެއް ޤާއިމުކޮށް ދެއްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާތީ، އެފަދަ ޗެމްބަރެއް ޤާއިމުކުރެއްވުމުގެ ޝަޢުޤުވެރިކަން ގެންގުޅުއްވާނަމަ، އެ ފެސިލިޓީ ގދ. ތިނަދޫގައި ޤާއިމުކުރެއްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބޭނޭ ކަމަށެވެ.

ޑިކޯ ޗެމްބަރެއްގެ ފެސިލިޓީ ޤާއިމުކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ، މީހުން ދިރިއުޅޭ ރަށެއްގައި ހޮސްޕިޓަލަކާއި ގުޅިގެން ޗެމްބަރ ފެސިލިޓީގެ ޚިދުމަތް ޤާއިމުކުން ކަމުގައިވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



މީގެ އިތުރުން ޑީކޯ ޗެމްބަރެއް ޤާއިމްކުރުން ފަދަ މަސައްކަތްތަކަށް ފަޅުރަށްރަށް ދޫކުރުމަކީ އެ މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ޑީކޯ ޗެމްބަރެއް ޤާއިމް ކުރުމަށް "ގއ. ފުޅަދޫ،" ހަމަޖައްސައި ދެވެން ނެތް ކަމަށެވެ.

ގދ. ތިނަދޫ ގައި ޑިކޯ ޗެމްބަރެއް ޤާއިމުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން