ޝާހްރުކް ޚާންގެ ދަރިފުޅު، ސުހާނާ ޚާން ދަނޑު ހައްދަން ބިމެއް ގަނެފި ކަމަށް ރިޕޯޓުކޮށްފިއެވެ.
ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން އާއި އިންޓީރިއާ ޑިޒައިނަރު ގައުރީ ޚާންގެ ދަރި ސުހާނާ ޚާން އަކީ ބޮލީވުޑްގައި އަލަށް ތައާރަފްވާން ތައްޔާރުވާ ތަރިންގެ ތެރެއިން އެންމެ އުއްމީދީ އެއް ތަރިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަމުންދާ ސުހާނާ ޚާން ވަނީ ދާދިފަހުން އިންޑިއާގެ އަލިބައުގުގެ ތާލް އަވަށުން ދަނޑުބިމެއް ގަނެފައެވެ. އޭނާ ވަނީ 1.5 އަކަމީޓަރުގެ ދަނޑުވެރިކަމުގެ ބިމެއްގެ އިތުރުން އެ ބިމުގައި ގާއިމުކޮށްފައިވާ 2.218 އަކަފޫޓުގެ އިމާރާތެއްވެސް ގަނެފަ އެވެ. މިބިން ސުހާނާ ގަނެފައިވަނީ 12.91 ކްރޯޑް ރުޕީޒް އަށެވެ. މި ބިން ގަތުމަށްފަހު ސުހާނާ ވަނީ 77.46 ލައްކަ ރުޕީޒްގެ ސްޓޭމްޕް ޑިއުޓީއެއްވެސް ދައްކާފައެވެ.
ސުހާނާ ގަތް ބިން ރަޖިސްޓްރީކޮށްފައި ވަނީ ސުހާނާގެ މަންމަ، ގައުރީ ޚާންގެ މަންމަ އާއި ކޮއްކޮގެ ނަމުގައި އޮންނަ ޑެޖާ-ވޫ ފާމް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައެވެ.
ސުހާނާ ޚާން ބޮލީވުޑަަށް ތައާރަފް ވާން ހަމަޖެހިފައިވަނީ ޒޯޔާ އަހުތަރުގެ ދަ އާޗީސް އިންނެވެ. މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް އަށެވެ. މިފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވިނަމަވެސް ފިލްމުގެ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު