ޑިރެކްޓަރް ފަރްޚާން އަޚްތަރު، ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ބަތަލާއިންނާއިންނާއެކު ތައްޔާރުކުރަން ނިންމި ފިލްމް ޖީލޭ ޒަރާގެ މަސައްކަތް ފަސްކޮށްފިއެވެ.

ދިލް ޗަހްތާ ހޭ، ލަކްޝްޔާ، ޑޮން، އަދި ޑޮން 2 ފަދަ ފިލްމުތައް އުފައްދައި ހިންދީ ސިނަމާގެ އެންމެ އިތުބާރު ހުރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނިފައިވާ ފަރުހާން އަޚްތަރު، ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ބަތަލާއިންނާއިންނާއެކު ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް އިއުލާންކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ޖީ ލޭ ޒަރާގެ ނަމުގައި ތައްޔާރުކުރާ މިފިލްމުގައި ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފް، އަދި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާނެކަމަށް ފަރްޚާން އޭރު ބުނެފައިވެއެވެ.

މިއާއެކު މިފިލްމު ވެގެންދިޔައީ ހިންދީ ސިނަމާގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއްފިލްމަށެވެ. ބެލުންތެރިން އިންތިޒާރު ކުރަމުންދަނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އެންމެ ކާމީޔާބީ އަންހެން ތަރިންތަކެއްގެ އެކުވެރިކަން ބޮޑު ސްކްރީނުން ބަލާލުމަށެވެ.



ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ޝޫޓިން ޝެޑިއުލްތައް ލަސްވަމުންދާތީ ފިލްމުގެ ކުރިމަގާ މެދު މިހާރު މިވަނީ ސުވާލު އުފެދެން ފަށާފައެވެ. މިފިލްމުގެ ޕްރޮޑަކްޝަނުން ޓީމުން ހާމަކޮށްފައިވާގޮތުން ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތިން ތަރިންގެ ޝެޑިއުލް ބިޒީވެ މިއަހަރު މިފިލްމު ޝޫޓް ކުރުމަށް ހުރަސްތަކެއް އެބަހުއްޓެވެ.

އެގޮތުން މިފިލްމުގެ ޑައިރެކްޓަރ، ފަރްޚާން އަޚުތަރު މިހާރު ވަނީ ފިލްމު ޖީލޭ ޒަރާގެ މަސައްކަތް ފަސްކޮށް، ކެމެރާ ކުރިމަތިން ފަރްޚާން ފެނިގެންދާނެ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައެވެ. މިޕްރޮޖެކްޓުގެ ދަށުން ފަރްޚާން ދެން ފެނިގެންދާނީ އާމިރް ޚާން ކޯ ޕްރޮޑިއުސް ކުރާ ހިންދީ ފިލްމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން