އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   11 ޖުލައި 2020 - 1:29
ކޮންމެ ކަހަލަ ލޮނު ކާއެއްޗެއް ހެދިޔަސް ލޮނުމެދެއް ނުލަންޏާ ހިތްހަމައެއް ނުޖެހެއެވެ. ލޮނުމެދު ލުމުން ކާއެއްޗެހި އިތުރަށް މީރުވެފައި އެއަށް ފުރިހަމަކަން ގެނުވައެވެ.

ނަމަވެސް ލޮނުމެދަކީ ހަމައެކަނި ބަދިގެއަށް ހާއްސަ އެއްޗެއްނޫނެވެ. އޭގެ ފައިދާ އަހަރެމެން ނިދާ ކޮޓަރީގައިވެސް ލިބޭނެކަން ކަށަވަރެވެ.

ނިދާގަޑީގައި ލޮނުމެދެއް ބާލީސް ދަށަށްލައިގެން ނިދުމުން ވަރަށް އަވަހަށް އަދި އެހާމެ އަރާމުގައި ނިދާލެވޭނެއެވެ. ލޮނުމެދުގެ ވަސް ޖެހުމުން ހިތަށްލިބޭ ފިނިކަމުގެ ސަބަބުން ވަރަށް ފުންކޮށް އަރާމުކޮށް ނިދާލެވޭނެއެވެ.

ލޮނުމެދު ރަނގަޅީ ހަމަ އެކަނި ނިންޖަކަށް ނޫނެވެ. ލޮނުމެދަކީ ބަނޑަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. މާބޮޑަށް ބަނޑަށް އުނދަގޫވެ ކަންކަންވަންޏާ ފެންތަށްޓަކަށް ލޮނުމެދުކޮޅެއް އެޅުމަށްފަހު ބޯލުމުން އެކަން ރަނގަޅުވެދެއެވެ. މިއީ ރަހަ ކިތަންމެ ނުބަޔަސް ވަރަށް ފައިދާ ކުރުވަނިވި ބުއިމެކެވެ.

މީގެ އިތުރުންވެސް ލޮނުމެދުން ލިބޭ ފައިދާ ވަރަށް ގިނައެވެ. އޭގެ ތެރޭގައި އާންމު ރޯގާތަކުން ފަސޭހަ ކޮށްދިނުމާއި ލޭމައްޗަށްދިއުމާއި ކޮލެސްޓްރޯލް މައްޗަށް ދިޔަނުދީ ހުންނަންޖެހޭ މިންވަރުގައި ބެހެއްޓުމަށް ވެސް ލޮނުމެދަނީ ވަރަށް ފައްކާ ބޭހެކެވެ. ލޮނުމެދަކީ ބޭނުން ކޮށްގެން އެހެން އެއްވެސް ގެއްލުމެއް ނުވަތަ ސައިޑް އިފެކްޓެއް ނުހުންނަ ގުދުރަތީ މޮޅު ބޭހެކެވެ.

ކެއްކުމާއި ނިދުން ނޫނަސް އެނދުމަތީގެ އެހެން އަރާމުތަކަށް ވެސް ލޮނުމެދަކީ ވަރަށް ފައްކާ ބާވަތެކެވެ. ހަކަތަ އިތުރުކޮށްދީ ބާރުގަދަކޮށްދީ ލޭ ހޫނުކޮށްލައި ލޭ ދައުރުކޮށްދިނުމަށް މަރެކެވެ.



ކިޔުންތެރިންގެ ހިޔާލު


43

މަ

07-Aug-2020

ނުޒޫ ޓެސްޓުކުރީތަ


10

ާއައިސާ

14-Jul-2020

ހަމަ ތެދެއް. ފިރިމީހާ ލޮނުމެދުކާ ރޭ ރޭ މަށަށް ހަމަ އޮބިނޯވޭ.


12

ޯޮހޮލިބޭ

13-Jul-2020

ކޮބާ މޮޅެއްއޭގެވަހަކަ މަލާއިކަތަކު ކުތްތަން ނުވާނެ


8

ފުޅު

13-Jul-2020

އެނދުމަތިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއްވެސް ނަތީޖާ އެއް ނުފެނުނު. ތަޖުރިބާ ކުރިން. ހަމަ ސުމެއް.


25

ފުޅު

13-Jul-2020

އެނދުމަތިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއްވެސް ނަތީޖާ އެއް ނުފެނުނު. ތަޖުރިބާ ކުރިން. ހަމަ ސުމެއް.


0

ޜަމީޒު

13-Jul-2020

މިގެޔާ އިންވެގެން ހުރޭ ލޮނުމެދު ބަހަބަހައްޓާ ގުދަނެއް. ޢެހެންވެ ކަންނޭގެ ނިދިއްޖުއްޔާ ހޭލަން އުދަގޫ. ކަމެއް ފަށައިފިއްޔާ ނިންމެނީކީ ނޫން. ޢެހެންވެ ހިތްތަކުގެ މޭވާވެސް އަތުނުޖެހއަތުނުޖެހިގެން މިއުޅެނި.


30

ސަހީލް

12-Jul-2020

ތީ އަހަރެން ދަންނަ ހަގިގަތެއް ލޮނުމެދުގެ ބާރާއި އެހީ ފެށުނީއްސުރެން އަހަރެން ހޯދަން ނަތިޖާ ވަރަށް ބެސްޓް


20

ާޒަލަ

12-Jul-2020

ޙެ ހެ ހެެެ


7

މަޖުބޫރު

11-Jul-2020

މަ ނިންމައިފިން ލޮނުމެދުން ބާލީހެއްހަދައި ކޮންމެ ރެއަކު ލޮނުމެދެއް ކާން ނިދުމުގެކުރިން އަސްލު ތެތްލަިގެން ގަރުދހިޔަ އާއި ބަތާ ކާއިރު ލޮނުމެދަކި ހަމަ މަރެއް ހަމަ އެކަނި އެނދުމައްޗަކަށް ނުން


13

ވަފާއު

11-Jul-2020

އަޅެ އެއްޗެއް ލިޔެލާ އިރަށް ހާދަ ވަހުޝި އޭ މި ކިޔާ ކުދިންތައް މީގަ ވާ އަދި ނެތެއްނުން ލޮނުމެދުން ވާހާ ގޮތްތަކެއްވެސަ ތަފުފީލު ކޮށްފަވެސް ލިޔުންތެރިޔާ އަށް ނޭނގިގެން ނޫނޭ ނުލިޔެ އެވަނީ ދިވެހިން ނަކީ ދިވެހިން ވީމާ ނުލިޔުނީ ކަމަށް ބޮޑަށް ބެލެވެނީ


16

ޒާހިރުބެ

11-Jul-2020

މަ ވަރަށް މީރުކޮށް ކާ އެއްޗެއް ތިޔައީ ވަރަށް ފައްކާ އެއްޗެއް އެކަމަކު އަދި ނިދާ އެނދުގެ ބާލީސް ދަށަކަށް ނުލަން މިޖެހުނީ ތިޔަކަން ވެސް ކުރަން މިރޭ އަޖުމަ ބަލައިލާނަން


23

ޕޮގުބަ

11-Jul-2020

ލޮނުމެދެދަކީ ވަރަށް ގިނައިރު ކާފަރު ކަންތަށްކުރާއިރު ހިފަހައްޓާ އެއްޗެއް


16

ހަސަނު

11-Jul-2020

އެހެންވީމަ މީހަކާ ނީދެ ހޯދަންވީ ފުރަތަމަ ލޮނުމމެދެއް ނު😂


-11

ޝަހުމާން

11-Jul-2020

ލޮނުމެދު ގެ ދާނެއްގަ މަ ނިދާލަން ބޭނުން ވަނީ އޭރަށް އެނގިދާނެތާ ެ ލިބޭ އަރާމެއް ވެސް


6

ކަލޯގެޔާ

11-Jul-2020

ކިހިނެއް ހަދަން ޖެހެނީ ލޮނުމެދު ލައިގެން. އެނދުމަތީގެ އިތުރު ހަރަކާތްތައް ފެށުމުގެ ކުރިން ރޭޑިޔޯ އެންޓަނާގެ ކޮޅުގަ ހާކަންވީތަ. ނޫނީ ވަޑާންގޭ ދޮރުގެ އަރިމަތީ ހާކަންވީތަ. ވާންޖެހޭ ގޮތް ބުނީމަ ދޯ އެނގޭނީ.


14

ޕަކޮ

11-Jul-2020

ލޮނުމެދުން ގުނަވަން ދޮވެލިއްޔާ ކިހިނެއްވާނެބާ؟


23

އަހައްމާ

11-Jul-2020

އެނދު މައްޗަށްތަ? ބާލީސް ދަށަށްތަ?


37

މަރެއް

11-Jul-2020

ނުޒޫ ގަދަ ކަލޭ, ހަމަ މަރެއް


15

ނމަ

11-Jul-2020

އެއްކަމެއް ވެސް ވާ އެއްޗެއް ނޫން


27

ހަސަނު

11-Jul-2020

މަވެސް އަދު އަހަން ލޮނުމެދަކީ އެނދުމައްޗަށް މަރެކޭ ބުނާ އަޑު އެކަމަކު މަ އަދި ޓުރައި ނުކުރަން


22

ސަނާ

11-Jul-2020

ލޮނުމެދުން ބާލީހެއް ފަހަން މަށަށް ފެންނަނީ އޭރަށް ފައްކާ ވާނެ



ޓްރެންޑިން