ދުނިޔެއަށް މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ ތެރެއިން އިންސްޓަގްރާމްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްކަމުގައި ފުޓުބޯޅަކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

އުމުރުން ތިރީސް އަށް އަހަރުގެ ރޮނާލްޑޯ ފޮލޯކުރާ 597 މިލިއަން މީހުން އިންސްޓަގްރާމްގައި ތިބެއެވެ. އިންސްޓަގްރާމުގައި އެންމެ ފޮލޯވަރުން ގިނައީވެސް ރޮނާލްޑޯގެއެވެ. މިލިސްޓުގެ ދެވަނައިގައި އުޅެނީ ކައިލީ ޖެނަރއެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރެއް ކޮށްފިނަމަ، އޭނާއަށް 2.4 މިލިއަން ޑޮލަރު ކޮންމެ ޕޯސްޓެއްގެ މަގުން ލިބެއެވެ. ރޮނާލްޑޯއަށް މިމަގާމު ލިބިފައިމިވަނީ ކުރިން އެއްވަނައިގައި އުޅުނު ކައިލީ ޖެނަރ ފަހަތަށް ޖައްސާލުމަށް ފަހުގައިއެވެ.

ރޮނާލްޑޯގެ ވާދަވެރި ލަޔަނެލް މެސީއަށް އިންސްޓަގްރާމުގައި ލިބެނީ އިޝްތިހާރުގެ ކޮންމެ ޕޯސްޓަކުން 1.7 މިލިއަން ޑޮލަރެވެ. ދާދި ފަހުން ރޮނާލްޑޯވަނީ، ރޮނާލްޑޯއާއި މެސީއާއި ދެމެދު އޮންނަ ވާދަވެރިކަމާއި ގުޅޭ ވާހަކައެއް ބުނެފައިއެވެ. މިގޮތުން މެސީ ކުޅޭ އެމެރިކާގެ ލީގަށް ވުރެ ރޮނާލްޑޯ ކުޅޭ ސަޢުދީ ލީގު މާމޮޅުކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ކުރިން ޚަބަރުތައް ބުނި ގޮތުގައި، މެސީ އެމެރިކާގެ ފުޓުބޯޅަ ލީގާއި ގުޅުނީ ސަޢުދީ ފުޓުބޯޅަ ލީގާއި ގުޅެން އުޅުމަށް ފަހުގައިއެވެ. މެސީ އެމެރިކާ ލީގުގައި ކުޅުނު ފުރަތަމަ މެޗު މިދިޔަ ހުކުރު ދުވަހު އޭނާވަނީ ކުޅެފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން