ސިނަމާތަކަށް ފިލްމު ރިލީޒް ކުރިތާ ދެވަނަ ހަފްތާ ބަންދަށް ވަނުމުގެ ކުރިން ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ހުކުރު ދުވަހުގެ ބޮކްސް އޮފީހުން ކުރިއެރުމެއް ލިބިފައިވާކަން ރިޕޯޓުކޮށްފިއެވެ.

މިއާއެކު އިންޑިއާގެ ކުރިއަށް އޮތް ހަފްތާ ބަންދު ކަމަށްވާ ހޮނިހިރާއި އާދީއްތަ ދުވަހުވެސް ބޮކްސް އޮފީހުން ފިލްމަށް އިތުރު ކުރިއެރުންތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ބެލެވެއެވެ.

ބޮކްސް އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފިލްމު ރިލީޒް ކުރި ހަފްތާގައި ދުވާލެއްގެ މައްޗަށް 6 ކަރޯޑް އަދި 7 ކަރޯޑް ދެމެދުގެ ފައިދާއެއް ލިބިފައިވެއެވެ. އަދި މިދިޔަ ހުކުރު ދުވަހު މިފިލްމަށް 6.9 ކްރޯޑް ރުޕީސް ގެ ފައިދާއެއް އިތުރުވެފައިވާ ކަމަށް އިންޑަސްޓްރީގެ ޓްރެކަރ ސެކްނިލްކް އިން ބުނެއެވެ.

މިއަދަދު ތަކާއިއެކު ފިލްމުގެ ޑޮމެސްޓިކް ނެޓް ޓޯޓަލް ވަނީ 80.23 ކްރޯޑް ރުޕީސް އަށް އަރާފައެވެ. އަދި މި ފިލްމަށް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 146.5 ކްރޯޑް ރުޕީސް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިތަފާސް ހިސާބުތަކަށް ބަލައި އިންޑަސްޓްރީ ޓްރެކަރުން ލަފާކުރާ ގޮތުގައި އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑު ރޯލު އަދާކުރާ 'ރޮކީ އޯރ ރާނީ ކީ ޕްރޭމް ކަހާނީ' ފިލްމަށް ހަފްތާ ބަންދުގެ ފައިދާ އިން އެކަނިވެސް އިންޑިއާގެ ސިނަމާތަކުން ބޮކްސް އޮފީސް ކަލެކްޝަންތަކުން ގާތްގަނޑަކަށް 10.72 ކްރޯޑް ރުޕީސް ލިބޭނެ ކަމަށް ބެލެވެއެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. މިފިލްމުގައި އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާއިރު، ހަމަ މިފިލްމުން ދަރްމެންދްރަ، ޖާޔާ ބައްޗަން، ޝަބާނާ އަޒްމީ ވެސް ފެނިގެންދެއެވެ.

މިފިލްމު ރިލީޒްކޮށްފައިވަނީ ހުސްވި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން