މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސް އަދި އޭނާގެ ފިރިމީހާ ސޭމް އަސްގާރީގެ 14 މަސް ދުވަހުގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިކައިވެނި ރޫޅާލައި ވަރިވާން އެދުނީ ސޭމް އަސްގާރީއެވެ.

މޮޑެލް އަދި ފިޓްނަސް އިންސްޓްރަކްޓަރ ސޭމް އަސްގާރީ އާއި ބްރިޓްނީ ފުރަތަމަ ބައްދަލުވެފައިވަނީ 2016 ވަނަ އަހަރު ބްރިޓްނީގެ މިއުޒިކް ވީޑިއޯއެއް ކުޅެމުން ދިޔަ ސެޓުންނެވެ. ބްރިޓްނީ އަދި ސޭމް ކައިވެނީގެ ގޮތުން ގުޅިގެންދިޔައީ 2022 ވަނަ އަހަރުއެވެ.

އުމުރުގެ ތަފާތު ހުރެމެވެސް 29 އަހަރުގެ ސޭމް ގެ ނަން މަޝަހޫރުވެގެންދިޔައީ ބްރިޓްނީ ނަފްސާނީގޮތުން އެހީތެރިކަން ހޯދަމުންދިޔައިރު، އޭނާ އަށް އެންމެ ގާތުން އެހީތެރިވެދިން މީހެއްގެ ގޮތުގައެވެ.

ނަމަވެސް އެމީހުންގެ ކައިވެންޏަށްފަހު އެކި މައްސަލައިގެ އަޑުތައް އެމެރިކާގެ ޓެބްލޮއިޑްތަކުގައި ވަނީ ފެތުރިފަ އެވެ. މީގެތެރޭގައި ގިނަ މައްސަލަތަކެއްގެ ތުހުމަތު ސޭމްއަށްކޮށްފައިވެއެވެ. އޭގެ ތެރޭގައި ބްރިޓްނީގެ މިނިވަންކަން ނަގާލައި، ބްރިޓްނީ ރަހީނުކޮށްފައިވާ ކަމުގެ ތުހުމަތުވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން