އިންޑިއާގެ މެކްޑޮނަލްޑްސް އަދި ބަރގަރ ކިންގ އައުޓްލެޓްތަކުގައި ރޯ ޓޮމާޓޯ ބޭނުންކުރުން ހުއްޓާލަން ނިންމައިފިއެވެ.

މި ދެ ފާސްޓް ފުޑް ޗެއިނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އިންޑިއާގައި ޓޮމާޓޯގެ އަގު ބޮޑުވުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގައި ޓޮމާޓޯގެ އަގު ބޮޑުވެފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ބާވަތްތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުންނެވެ. މިފަދަ ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ނެރޭ ދަނޑުގޮވާމުގެ ބާވަތްތައް މިހާރު މަދުވެފައިވާކަމަށްވެސް އިންޑިއާގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ މެކްޑޮނަލްޑްސް އަދި ބަރގަރ ކިންގ އައުޓްލެޓްތަކުގެ އިތުރުން، މި ހަފްތާގެ ކުރީކޮޅު އިންޑިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ ސެންޑްވިޗް ޗެއިން ސަބްވޭ އިން ވެސް ވަނީ މެނޫތަކުން ޓޮމާޓޯ ނަގާފައެވެ.

ފާސްޓްފުޑް ޗެއިން ތަކުގެ މިފަދަ ނިންމުމެއް ކުރިމަތިވެފައި މިވަނީ އިންޑިއާގެ ކާބޯތަކެތީގެ އިންފްލޭޝަން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ފަހު އެންމެ މަތީ ދަރަޖައަކަށް އަރާފައިވާ ވަގުތެއްގައެވެ.

އިންޑިއާގައި ފާއިތުވި މަސްތަކުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް އަތްފޯރާ ވަރަށްވުރެއް މައްޗަށް އަރާފައިވާއިރު، މޫސުމީ ބަދަލު ތަކާހެދި ވާރޭ ވެހުން އިތުރުވެ، ދަނޑުވެރިކަމާއި ސަޕްލައި ޗޭންތަކަށް ބުރޫއެރުމުގެ ސަބަބުން ޖުލައި މަހު ޓޮމާޓޯ ކިލޯއެއްގެ އަގު 250 ރުޕީސް (3 ޑޮލަރު؛ 2.37 ޕައުންޑް) އަށް އަރާފައިވެ އެވެ.

އޭގެ ފަހުން ޓޮމާޓޯގެ އަގު ދަށްވި ނަމަވެސް މި މަހުގެ ކުރީކޮޅު އިންޑިއާއިން ވަނީ ސަޕްލައި ކްރައިސިސް މެނޭޖް ކުރުމަށް އަވަށްޓެރި ނޭޕާލުން ޓޮމާޓޯ އެތެރެކުރަން ފަށާފައެވެ. އަވަށްޓެރި ނޭޕާލުން އެތެރެކުރާ ޓޮމާޓޯ ވިއްކަނީ ވެރިރަށް ދިއްލީގެ އިތުރުން އުތުރުގެ ސްޓޭޓްތައް ކަމަށްވާ ރާޖަސްތާން އަދި އުއްތަރު ޕްރަދޭޝްގައި ކިލޯއެއް 50 ރުޕީސްގެ މަގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން