އިތުރު އެއްވެސް ކެންޑިޑޭޓެއް ކުރިމަތި ނުލުމުން ތ.ވޭމަންޑޫ ކައުންސިލްގެ އަންހެން މެމްބަރު ގޮނޑި އިދިކޮޅު ޕީޕީއެމަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ 2023 ސެޕްޓެންބަރު 23ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ، ތ.ވޭމަންޑޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާކަމަށެވެ. މިމުއްދަތު ހަމަވީއިރު، ކުރިމަތިލާފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތި ލެއްވި ތ. ވޭމަންޑޫ، ކެނެރީވިލާ އާމިނަތު ނާއިލާ އަޙްމަދު އެކަނި ކަމަށްވާތީ އޭނާވަނީ، ތ.ވޭމަންޑޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، އިންތިޚާބުވެފައިކަމަށް ހަބީބު ވިދާޅުވެފައިވެއެވެ.

މި ބައި-އިލެކްޝަނަށް ދެ އެޕްލިކޭޝަން ލިބިފައިވީނަމަވެސް، ފޯމާއެކީ ހުށަހަޅަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ސުންގަޑި އަށް ހުށަނޭޅުމުގެ ސަބަބުން، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ވަނީ ގަބޫލު ނުކޮށް ދޫކޮށްލާފައެވެ.



ބައެއް ރަށްރަށުގެ ލޯކަލް ކައުންސިލްތަކަށް މެމްބަރުން ކުރިމަތިނުލާ މައްސަލަ އީސީން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އަންހެހުންނަށް ޚާއްސަ ގޮނޑިއަށް ކުރިމަތިލާ މެމްބަރުންގެ ޢަދަދު މަދެވެ. އިންތިޚާބުވާފަހުން މެމްބަރުން އިސްތިއުފާދީގެން ބައި-އިލެކްޝަންތައް ބައްވަންޖެހޭ މިންވަރުވެސް ވަރަށް ގިނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން