މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، ބްރިޓްނީ ސްޕިއާސްގެ ފިރިމީހާ ވަރިވާން އެދުމުން ބްރިޓްނީ އަދިވެސް ހުރީ ޝޮކެއްގައި ކަމަށާއި، ފިރިމީހާގެ މިކުއްލި ނިންމުމާއެކު ވަރަށް ދެރަވާކަން ބްރިޓްނީ ހާމަކޮށްފިއެވެ.

ބްރިޓްނީ ސްޕިއަރސް އަދި އޭނާގެ ފިރިމީހާ ސޭމް އަސްގާރީގެ 14 މަސް ދުވަހުގެ ކައިވެނި ނިމުމަކަށް ގެނަސް ކައިވެނި ރޫޅާލައި ވަރިވާން އެދުނީ ސޭމް އަސްގާރީއެވެ. އުމުރުން 29 އަހަރުގެ އަސްގާރީ މިދިޔަ ބުދަ ދުވަހު ވަރިވާން އެދިފައިވަނީ ސުލްހަ ނުކުރެވޭ ޚިޔާލުތަފާތުވުންތަކެއް އެދެމަފިރިން ދޭތެރޭ ހުރިކަމަށް ބުނެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަމުން އުމުރުން 41 އަހަރުގެ ބްރިޓްނީ ބުނީ ލޯބީގެ ގޮތުން އަސްގާރީއާއެކު އޮތް ހަ އަހަރުގެ ގުޅުން ނިމުމަކަށް އައިކަން އެނގުމުން ކުށްލި ސިހުމެއް ލިބުނު ކަމަށެވެ.

"މިކަމުގެ ތަފްސީލު ކިޔައިދިނުން މުހިންމެއް ނޫން. އެންމެންނަށްވެސް ހީވަނީ އަހަރެންގެ އިންސްޓަގްރާމް ބަލައިފައި، ހުރިހާ ކަމެއް ރަނގަޅުހެން. އަހަރެން އެއްވެސް ދެރައެއް ނުވާހެން. މިއީ އެއްވެސް ހަގީގަތެއް ނުން. އެހެންނަމަވެސް އަހަރެންގެ ޖަޒުބާތުތަކާއި، ދެރަވާ ދެރަވުމާއި، ރޯ ރުއިމާއެކު ބަލިކަށި މީހެއްކަން ނުދައްކަން މަސައްކަތް ކުރާކަމަށް" ސޭމް އަދި ބްރިޓްނީގެ ވަކިވުމާއި ބެހޭ ގޮތުން އިންސްޓަގްރާމް ޕޯސްޓެއްގައި ވާހަކަ ދައްކަމުން ލަވަކިޔުންތެރިޔާ ބްރިޓްނީ ލިޔެފައިވެއެވެ.

މީގެ އިތުރުން، ކައިވެނި ރޫޅާލައި ވަރިވާން އެދުނު ސޭމް އަސްގާރީ ވަނީ، ވަރީގެ މައްސަލައިގައި ކުރިއަށްދާނެ ކޯޓު މަރުހަލާ ތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ބްރިޓްނީ އާއި ހަވާލުކުރަން ކޯޓުގައި އެދިފައެވެ.

މޮޑެލް އަދި ފިޓްނަސް އިންސްޓްރަކްޓަރ ސޭމް އަސްގާރީ އާއި ބްރިޓްނީ ފުރަތަމަ ބައްދަލުވެފައިވަނީ 2016 ވަނަ އަހަރު ބްރިޓްނީގެ މިއުޒިކް ވީޑިއޯއެއް ކުޅެމުން ދިޔަ ސެޓުންނެވެ. ބްރިޓްނީ އަދި ސޭމް ކައިވެނީގެ ގޮތުން ގުޅިގެންދިޔައީ 2022 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން