އިންޑިއާ ސިނަމާތަކުން ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ ކަރީނާ ކަޕޫޜުގެ ކުރިއަށް އޮތް ފިލްމު ނެޓްފްލިކްސް އަށް ރިލީޒްކުރަން ނިންމައިފިއެވެ.
ކަރީނާ ކަޕޫރް ލީޑުން ފެނިގެންދާ ހިންދީ ފިލްމު ނެޓްފްލިކްސްއަށް ރިލީޒްކުރަން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މިފިލްމުގައި ކަރީނާގެ އިތުރުން ޖައިދީޕް އަދި ވިޖޭ ވަރްމާ އިސްރޯލުތަކުން ފެނިގެންދާނެއެވެ.
ސުޖޯއީ ޖޯޝް ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ކަރީނާ ފެނިގެންދާނީ މަންމައެއްގެ ރޯލުންނެވެ. މިފިލްމުގެ ޓްރެއިލަރ ރިލީޒްވުމާއިއެކު، އާންމުކޮށް ނުފެންނަފަދަ ތަފާތު ރޯލަކުން ކަރީނާ ފެނިގެންދާކަން އޭނާގެ ފޭނުން ފާހަގަކޮށްފައިވެއެވެ.
ޖާނޭ ޖާން ގެ ނަމުން ރިލީޒް ކުރާ މިފިލްމަކީ ޖަޕާނަށް ނިސްބަތްވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކީގޯ ހިގަޝިނޯގެ "ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" ގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް މިފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން، ފިލްމުގެ ޑައިރެކްޓަރ ސުޖޯއީ ޖޯޝް ފާހަގަކޮށްފައިވެއެވެ.
ހިންދީ ފިލްމު ޖާނޭ ޖާން ގެ ޓްރެއިލަރ މިހާރު ރިލީޒްކޮށްފައިވާއިރު، މިފިލްުމު ނެޓްފްލިކްސް އަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ އެކާވީސް ވަނަ ދުވަހުއެވެ. އެއީ، ފިލްމުގެ ލީޑް ކަރީނާ ކަޕޫރުގެ އުފަންދުވަސްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު