ލަވަކިޔުންތެރިޔާ ކެލިއޭންއާއި އޭނާގެ ފިރިމީހާ، މޮޑެލް ޗޭސް މެޓްސަންގެ ކައިވެންޏަށް އަލަތު ކުއްޖަކު ލިބިއްޖެއެވެ.
,ކެލިއޭން 27, އާއި ޗޭސް މެޓްސަން، 29, ގެ ކައިވެންޏަށް އެއް އަހަރު ފުރުމުގެ މުނާސަބާއާއި ދިމާކޮށް ކެލިއޭން ބަލިވެއިންކަމުގެ އުފާވެރި ޚަބަރު އިއުލާންކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ނިމިދިޔަ ފެބްރުވަރީ މަހުގައެވެ.
މި ދެމަފިރިންގެ ދަރިފުޅު އުފަންވީ ޚަބަރު އިއުލާންކޮށްފައިވަނީ ނިމިދިޔަ އާދީއްތަ ދުވަހުގައެވެ. އޮގަސްޓް 19ގައި އުފަންވި އަންހެން ދަރިފުޅު ބްލެއާ އައިވީ މެޓްސަންއާއިއެކު ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯގެ ކެޕްޝަނަނެއްގެ ގޮތުގައި "ހަނދާނުން ފޮހެލަން ބޭނުންނުވާ ވަގުތުކޮޅެއް،" މިހެން ލިޔެފައިވެއެވެ.
މިއީ ކެލިއޭންގެ ފުރަތަމަ ދަރިފުޅެވެ. އެހެން ނަމަވެސް، ޗޭސްގެ ކުރީގެ ލޯބިވެރިޔާއާއިއެކީގައި އޭނާއަށް އަށް އަހަރުގެ ހޭޒަލްއާއި ފަސް އަހަރުގެ ނޯރާ ލިބިފައިވެއެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ ކޮވިޑް 19ގެ ލޮކްޑައުން ތެރޭގައި އިންސްޓަގްރާމްގައި ޑީއެމްއަކަށް ފަހުގައެވެ. މާ ގިނަ ދުވަހެއް ނުވަނީސް، އެންގޭޖްމެންޓަކަށްފަހު ނިމިދިޔަ އަހަރުގެ ޖެނުވަރީ މަހުގައި ޗޭސްއާއި ކެލިއޭން ވަނީ ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު