ލޯބިވާކަމަށް ބުނެ އޮޅުވާޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި 14 މީހަކު ތައިލޭންޑްގެ ވެރިރަށް ބެންގްކޮކުން ހައްޔަރުކޮށްފިއެވެ.

އެ ޤައުމުގެ 7 ޕްރޮވިންސްއެއްގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތައިލޭންޑްގެ ފުލުހުން ހައްޔަރުކުރި މި 14 މީހުންގެ ތެރޭގައި ނައިޖީރިއާ ފިރިހެނަކާއި ތައިލެންޑަށް ނިސްބަތްވާ 13 މީހުން ހިމެނެއެވެ. ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ އެ ފިރިހެން މީޙާއަކީ 2018 ވަނަ އަހަރުގައިވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ތައިލޭންޑްގެ ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ''ރޮމޭންސް ސްކޭމް' ހިންގުމަށް ޚާއްސަ މި ގޭންގްގެ މެންބަރުން ވަނީ މިހާތަނަށް މަކަރާއި ހީލަތުން ޖުމްލަ 80 މިލިއަނެއްހާ ބާތު ހޯދާފައެވެ. މި 14 ހައްޔަރީން ބޭނުންކުރި 21 މޮބައިލް ފޯނާއި 20 ބޭންކް އެކައުންޓް ފޮތް، ފަންޑް ބުކް، 2 ކޮމްޕިއުޓަރ، ސިމް ކާރޑް، 3 މެމަރީ ކާޑާއި އަދި އަގުހުރި 2 ދަބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މި ތަހުގީގު ކުރިއަށް ގެންދަން ފެށީ އެމަޅީގައި ޖެހުނު މީހަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މީހާގެ އަތުން 1 މިލިއަނަށްވުރެ ގިނަ ބާތު އަތުލައިގަނެވިފައިވާ ކަމަށް އޭނާ ރިޕޯޓްކޮށްފައިވެއެވެ.

އޭނާ ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ފައިސާ ހޯދާފައިވަނީ ސީރިއާގައި ހުރި ކަމަށް ބުނާ އަންހެނެކެވެ. ރީތި އަންހެނެއްގެ ފޮޓޯ ޕްރޮފައިލް ޕިކްޗަރއެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު، އޭނާއާއި ވާހަކަ ދައްކަން ފެށި އެ އަންހެންމީހާ ވަނީ އޭނާ ދެކެ ލޯބިވާކަމަށް އޮޅުވާލާ ސީރިއާއިން ތައިލޭންޑަށް އަންނަން ބޭނުންވާ ކަމަށް ބުނެ ދޮގު ހަދައިގެން އޭނާގެ އިތުބާރު ހޯދާފައެވެ.

ސީރިއާގައި މަސައްކަތްކުރާ އެމެރިކާ ސިފައިންގެ މީހަކަށް ހެދިގެން ހުރި އެ މީހާ އޭނާ އަތުން އޮޅުވާލައިގެން ފައިސާ ހޯދީ ތައިލޭންޑަށް ފޮނުވި ހަދިޔާތަކެއް ޓެކްސް ނުދެއްކުމުގެ ސަބަބުން އެއާޕޯޓުން ކްލިއަރެންސް ނުލިބޭތީ އެއަށް ޓެކްސް ދެއްކުމަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ދޭ ގޮތަށެވެ. އެއަށްފަހު، ގޭންގް މެންބަރެއް ވަނީ އެއާޕޯޓް މުވައްޒަފެއްގެ ގޮތުގައި އެ މީހާއާއި ވާހަކަދައްކާފައެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މިގޮތަށް ހޯދާ ފައިސާތައް އޯވާސީސް ބޭންކް އެކައުންޓްތަކަށް ޖަމާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން