ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސައިފް ޢަލީ ޚާންއާއި އަމްރީތާ ސިންގްގެ ހަގު ދަރިފުޅު އިބްރާހީމް ޢަލީ ޚާން ބޮލީވުޑަށް ތަޢާރްފްވެގެންދާ ފިލްމު "ސަރްޒަމީން"ގައި ތަޖްރިބާކާރު ބަތަލާ ކާޖޮލް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިބްރާހީމްގެ ބޮލީވުޑަށް ނެރެދެނީ ހިންދީ ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރ ކަރަން ޖޯހަރްއެވެ. ކަރަންގެ އެހީގައި މި ފިލްމުން ޖާގައެއް ލިބުނު ކާޖަލް ކުޅޭ ރޯލް ހާމަނުކުރިޔަސް، މި ފިލްމުގައި އޭނާ މުހިންމު ރޯލެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. "ސަރްޒަމީން" ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އެކްޓަރ ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީއެވެ.

ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބަތަލާ ކްރީތީ ސަނޯންއާއިއެކު ކްރީތީ މުޅިން އަލަށް ޕްރޮޑިއުސްކުރާ ފިލްމު "ދޯ ޕައްތީ" އިންނެވެ. ފަހަަކަށް އައިސް، ކާޖޮލް ކުޅޭ ގިނަ ފިލްމުތަކެކޭ އެއްގޮތަށް، މި ފިލްމުވެސް ރިލީޒްވުމަށް ހަމަޖެހިފައިވަނީ އޯޓީޓީ ފިލްމެއްގެ ގޮތުގައެވެ.

އިބްރާހީމްގެ ދައްތަ ސާރާ ޢަލީ ޚާންވެސް ކާމިޔާބުކަމާއިއެކު ބޮލީވުޑްގައި ފިޔަ ޖަހަމުންދާއިރު، އިބްރާހީމްގެ ފުރަތަމަ ފިލްމަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އެބަ ދެއެވެ. އިބްރާހީމް ބޮލީވުޑަށް ނުކުންނަ ކަން އިއުލާންކޮށްފައިވަނީ "ކިސީ ކީ ބާއި ކިސީ ކީ ޖާން" އިން މަޝްހޫރުކަން ހޯދި ޕަލަކް ތިވާރީއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ފެތުރެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން