"އާރްއާރްއާރް" ޑައިރެކްޓްކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އެސްއެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމުގައި ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ތަރި މަހޭޝް ބާބޫގެ އިތުރަށް ހޮލީވުޑް ތަރިންވެސް ހިމެނުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވަގުތީގޮތުން "އެސްއެސްއެމްބީ29" ގެ ނަން ދެވިފައިވާ މި ފިލްމުގެ މަންޒަރުތައް އެފްރިކާގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ރާޖަމޯލީ މިފަހަރު ޑައިރެކްޓް ކުރަނީ އެކްޝަން އެޑްވެންޗާ ފިލްމެކެވެ.

ފިލްމުގެ ޚާއްސަ ފެނިލުމެއްގައި ހޮލީވުޑްގެ މަޝްހޫޜު ބަތަލު ކްރިސް ހެމްސްވޯތް ފެނިގެންދާނެއެވެ.

މި ފިލްމުގެ ސްކްރީންރައިޓާ ކޭވީ ވިޖަޔެންދްރާ ޕްރަސާދް ބުނީ މި ފިލްމަކީ "އާރްއާރްއާރް" އަށްވުރެ ކާމިޔާބު ވެގެންދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އާރްއާރްއާރް" އަށް ބައިނަލްއަގްވާމީ ގޮތުން ލިބުނު ތަރުހީބަށްފަހު ރާޖަމޯލީ ވަނީ ހޮލީވުޑް އެޖެންސީ ކްރިއޭޓިވް އާޓިސްޓްސް އެޖެންސީ (ސީއޭއޭ) އާއިއެކު މަސައްކަތް ކުރުމަށް ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން