ކުރީގެ މަގްބޫލު ކޮމިކް ސީރީޒް "އާޗީސް" ކޮމިކް ފޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމު "ދަ އާޗީސް" މި އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހުގައި ރިލީޒްކުރަން އިއުލާންކޮށްފިއެވެ.

ބޮލީވުޑްގެ ޑައިރެކްޓަރ ޒޯޔާ އަޚްތަރް ޑައިރެކްޓްކުރި މި ފިލްމު ރިލީޒް ކުރުމަށް ހަަމަޖެހިފައިވަނީ ނެޓްފްލިކްސްއަށެވެ.

މި ފިލްމުގެ ބައެއް ތަރިންނަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މުޅިން އަލަށް މަސައްކަތް ފެށި މީހުންނެވެ. "އާޗީސް" އިން އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ނަންދާއާއި ޝާހްރުކް ޚާންގެ ދަރިފުޅު، ސުހާނާ ޚާން އަދި ސްރީ ދޭވީގެ ހަގު ދަރިފުޅު، ޚުޝީ ކަޕޫރް، މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވެގެންދާނެއެވެ.

މި ތިން ތަރިން ކުޅެފައިވަނީ ފިލްމުގެ މައިގަނޑު ރޯލްތަކެވެ. އެގޮތުން، އަގަސްތްޔާ އާޗީ އޭންޑްރޫސްގެ ރޯލުން ފެނިގެންދާއިރު، ސުހާނާ ފެންނާނީ ވެރޯނިކާ ލޮޖްގެ ރޯލުންނެވެ. އަދި ޚުޝީ ކުޅެފައި ވަނީ ބެޓީގެ ރޯލެވެ.

މިއުޒިކަލް ޑްރަމާމާއެއްގެ ގޮތުގައި އުފައްދާ މި ފިލްމުގައި ހަރަކާތްތެރިވާ ބައެއް އެހެން ތަރިންނަކީ ވެދާންގް ރާއިނާ، މިހިރް އަހޫޖާ އަދި ޔުވްރާޖް މެންޑާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން