ހެއްވާ މަޖާ ހިންދީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައި އުފައްދަން ތައްޔާރުވެއްޖެއެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ފިލްމުގެ ސީކުއެލްގެ މަސައްކަތް ފައްޓާނީ އަންނަ އަހަރުގައެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުގެ ފިލްމުގައިވެސް ލީޑް ރޯލްތަކުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ، އަޖޭ ދޭވްގަންއާއި ރަކުލް ޕްރީތް ސިންގެވެ. ފިލްމުގެ ސީކުއެލްގައި ދައްކާނީ ފުރަތަމަ ބައިގައި ހިނގި ހާދިސާއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ލަވް ރާންޖަން އާއި ތަރޫން ރާންޖަންއެވެ.
އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" އަކީ 2019 ގައި ނެރުނު ފިލްމެކެވެ. އެހެން ނަމަވެސް، ފިލްމުގެ ސީކުއެލް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އަންޝުލް ޝަރްމާއެވެ. މި ފިލްމުގައި އަޖޭއާއި ރަކުލްގެ އިތުރަށް މަޝްހޫރު ބަތަލާ ތާބޫއާއި ބަތަލު ޖިމީ ޝޭރްގިލް ވެސް ހަރަކާތްތެރިވެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އަޖޭގެ ކުރިއަށް އޮތް ފިލްމު "ސިންގްހަމް އަގޭން"ގެ ޝޫޓިންގ ނިންމުމަށްފަހު، އޭނާ ދެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކުއެލްގައެވެ.

ކިޔުންތެރިންގެ ހިޔާލު