ރިތިކް ރޯޝަން ހަރަކާތްތެރިވި ކާމިޔާބު އެކްޝަން ފިލްމު "ވާރ" ގެ ދެވަނަ ބައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމަ، އެ ފިލްމް ރިލީޒް ކުރާނީ އެއަހަރުގައި އިންޑިއާއިން ފާހަގަކުރާ ޖުމްހޫރީ ދުވަހާއި ގުޅުވައިގެންނެ.
ރިތިކްއާއި އެކީގައި މި ފިލްމުގައި ހަރަކާތްތެރިވާނީ "އާރްއާރްއާރް" އިން ބައިނަލްއަގްވާމީ ގޮތުން މަޝްހޫރުކަން ހޯދި ބަތަލު ޖޫނިއަރ އެންޓީއާރްއެވެ. ޔާޝް ޗޯޕްރާ ފިލްމްގެ ސްޕައި ޔުނިވާސަލް ބެނާގެ ދަށުން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ އަޔާން މުކަރްޖީއެވެ. އަޔާން ވަނީ "ބްރަހްމަސްތްރާ" ޑައިރެކްޓްކޮށްގެން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިއެވެ. އަޔާން މިހާރު ދަނީ "ބްރަހްމަސްތްރާ 2" އަދި "ބްރަހްމަސްތްރާ 3"ގެ މަސައްކަތްތައް ފަށަމުންނެވެ. އޭނާ ގަސްދުކުރަނީ ދެ ސީކުއެލް އެއްފަހަރާއި ނެރުމަށެވެ.
ވައިއާރްއެފް އިން ބުނީ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ނެރުނު "ޕަތާން" އާއި "އަގްނީޕާތް" ފަދަ ފިލްމުތަކަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގައި ޖުމްހޫރީ ދުވަސް ފާހަގަކުރާ ހަފްތާ ތެރޭގައި ރިތިކް ހަރަކާތްތެރިވާ "ފައިޓާ" ވެސް ނެރެން ގަސްދުކުރާ ކަމަށް ވައިއާރްއެފް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު