ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސުޖޯއީ ގޯޝްގެ ކުރިއަށް އޮތް ފިލްމުން ޝާހްރުކް ޚާން އާއި ސުހާނާ ޚާން އެކުގައި ފެނިގެންދާނެކަން ރިޕޯޓުތައް ބުނެފިއެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސުހާނާ ދަނީ އޭނާގެ ބައްޕަ ޝާހްރުކް ޚާނާއި އެކު ތިއޭޓަރަށް ތައާރަފްވާން ތައްޔާރުވަމުންނެވެ.

އެގޮތުން ސުޖޯއީގެ ކުރިއަށް އޮތް ފިލްމުގެ އިސްރޯލަކުން ސުހާނާ ޚާން ފެނިގެން ދާއިރު، ސުހާނާ އާއެކު އޭނާގެ ބައްޕަވެސް ފެނިގެން ދާނެކަމަށްވެއެވެ. މިފިލްމު ވެގެންދާނީ ޖާސޫސީ ތްރިލާ ފިލްމަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ، އެގޮތުން މިފިލްމުން ސުހާނާ ފެނިގެންދާނީ ޖާސޫސު ކުރާ މީހެއްގެ ރޯލަކުންނެވެ. އަދި ސުހާނާގެ ހެންޑްލަރ އެއްގެ ރޯލުން ޝާހްރުކްޚާން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއީ ހިންދީ ފިލްމު 'ޑިއަރ ޒިންދަގީ' އިން ޝާހްރުކް ޚާން ކުޅުނު ފަދަ ރޯލެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިފިލްމު ވެގެންދާނީ ސުހާނާގެ ދެވަނަ ފިލްމަށެވެ. ސުހާނާ ޚާން ފުރަތަމަ ފެނިގެންދާ، ޒޯޔާ އަޚުތަރުގެ 'ދަ އާރޗީސް' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ނެޓްފްލިކްސްއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން