އެތައް ދުވަހަކު އިންޑިއާގެ ބޮޑު ސްކްރީނާއި ދުރުގައި ހުރުމަށްފަހު، ބޮލީވުޑްގެ ޒަމާންވީ ދެ ތަރިންކަމަށްވާ، ޒީނަތު އަމާން އަދި ޝަބާނާ އަޒްމީ އެކުގައި ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންދާކަން ރިޕޯޓުކޮށްފިއެވެ.

'ބަން ޓިއްކީ'ގެ ނަމުން ނަން ދީފައިވާ މި ހިންދީ ފިލްމަކީ މަނީޝް މަލޯތުރާ ފުރަތަމަ ޕްރޮޑިއުސްކުރާ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. މަނީޝް މަލޯތުރާ އަކީ ބޮލީވުޑްގެ ތަރިން ލާނެ ރީތި ހެދުންތައް ފަރުމާ ކޮށްދިނުމުގައި ނަމޫނާ ފެޝަންޑިޒައިނަރެއްގެ ގޮތުގައި ނަން މަޝްހޫރު ފަރާތެކެވެ.

މަނީޝް މަލޯތުރާގެ ޕްރޮޑަކްޝަން ކުންފުނި، ސްޓޭޖް 5 އިން އުފައްދާ 'ބަން ޓިއްކީ' ފިލްމުގައި ޒީނަތު އަމާން އަދި ޝަބާނާ އަޒްމީގެ އިތުރުން އަބޭ ޑިއޯލް ވެސް ފެނިގެންދާނެކަމަށްވެއެވެ.

ނަން މަޝަހޫރު ކާސްޓުންތަކަކާއެކު އުފައްދާ މިފިލްމަށް ގިނަބައެއްގެ ސަމާލުކަން ލިބިގެންދާއިރު، މިއަހަރުގެ ނޮވެމްބަރ މަހު ފިލްމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ރިޕޯޓުތައްބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން