ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދާ ހިންދީ އެކްޝަން ފިލްމު "ޓައިގަރ 3" ގެ ޕޯސްޓާ ދައްކާލާފިއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުގައެވެ. ބޮލީވުޑްގެ ބޮޑު ސްކްރީންގެ އަހުލުވެރިންގެ މެދުގައި މަގުބޫލު ޖޯޑެއް ކަމުގައިވާ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް މިހާރު ކުޅެމުންދާ ފިލްމް "ޓައިގަރ 3"ގެ އެކި ސީންތައް ޝޫޓްކުރުމަށް މި ދެ ފަންނާނުން ވަނީ ތުރުކީ ވިލާތަށައި އަދި އޮސްޓްރިއާ ފަދަ މަޝްހޫރު ޤައުމުތަކުގެ މަޤުބޫލު ލޮކޭޝަންތަކަށް ދަތުރުކޮށްފައެވެ.

މަނީސް ޝަރްމާ ޑައިރެކްޓް ކޮށްފައިވާ ފިލްމް ޓައިގަރ 3 ވެގެންދާނީ ޓައިގަރ ފްރެންޗައިސްގެ ކަލެކްޝަނަށް އިތުރުވެގެންދާ އިތުރު ބޮޅަކަށެވެ. އެގޮތުން މި ކަލެކްޝަންގައި މިހާރު ހިމެނެނީ 2012 ވަނަ އަހަރުގައި ނެރުނު ފިލްމު އެކްތަ ޓައިގަރ އަދި 2017 ވަނަ އަހަރު ނެރުނު ފިލްމް ޓައިގަރ ޒިންދާހޭ އެވެ.



ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ އިތުރުން އިމްރާން ހާޝިމީ މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކުވައިދޭނީ އުނދަގޫ މިޝަންއަކާ ކުރިމަތިލައިގެން އެ މިޝަން ކާމިޔާބުކުރުމަށް ބަޔަކު ކުރާ މަސައްކަތް ތަކެވެ. މިފަހަރުގެ ފިލްމުގައި ސްޕައި ޔުނިވާސްގެ ދަށުން އުފެއްދި "ޕަތާން،" "ވާ" އަދި "ޓައިގާ ޒިންދާ ހޭ" ގެ ވާހަކައިގެ ބައިތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން