މަޝްހޫރު ބޮލީވުޑް ބަތަލު ޝާހިދް ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރްގެ އައު ލޯބިވެރިޔާއަކީ މެލޭޝިއާގެ ފެޝަން މޮޑެލްއެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެެ.



ހޮލީވުޑް ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުންދާ އިޝާންގެ މިހާރުގެ ލޯބިވެރިޔާއަކީ އުމުރުން 21 އަހަރުގެ ޗާނދްނީ ބެއިންޒެވެ.

މެލޭޝިއާއަށް ނިސްބަތްވާ ޗާންދްނީ އިންޑިއާއަށް ބަދަލުވީ ކޮވިޑްގެ ދުވަސްވަރުއެވެ. އޭނާ އިންޑިއާއަށް ބަދަލުވީ ބޮލީވުޑުން ފުރުޞަތު ހޯދުމަށްޓަކައެވެ. މީގެ ކުރިން އޭނާ ވަނީ މެލޭޝިއާ އަދި ސިންގަޕޫރްގެ ޑްރާމާއެއްގައި އެކްޓް ކޮށްފައެވެ. މީގެ އިތުރަށްވެސް، އޭނާ ވަނީ ބޮލީވުޑްގެ އެވޯޑް ހަފްލާތައްވެސް ހޯސްޓްކޮށްފައެވެ.

ބަތަލާ ޖާންވީ ކަޕޫރްއާއިއެކު ބޮލީވުޑަށް "ދަޅަކް" ފިލްމުން ތައާރަފްވި އިޝާންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ މީޑިއާއިން ސަމާލުކަން ދޭ މައުޟޫއެކެވެ. އެގޮތުން، އޭނާއާއި އަރަމުންދާ ތަރި އަނަންޔާ ޕާންޑޭއާއި ލޯބީގެ ގޮތުން ގުޅުނު ކަމަށް މީޑިއާއިން ރިޕޯޓްކުރީމާ ދެމީހުންވެސް އެވާހަކައާއި މެދު ވަކި އެއްޗެއް ނުބުނެ، 3 އަހަރު ފަހުން ރުޅިވީކަމަށް ވަނީ ބުނެފަވެއެވެ. އަނަންޔާއާއި އިޝާން ދިމާވީ އެދެމީހުން ކުޅުނު ފިލްމް "ކާލީ ޕީލީ"އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން