ޖޮނަސް ސީރީޒްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ޖޯ ޖޮނަސްއާއި ބަތަލާ ސޯފީ ޓާނަރ ވަރިވާން އުޅޭ ކަން ހާމަކޮށްފިއެވެ.
ޖޯ ވަނީ ވަރީގެ ކަންތައް ހަމަޖެއްސުމަށް ވަރީގެ ކަންތައްތަކާއި ބެހޭ ޤާނޫނީ ވަކީލެއްވެސް ހޯދާފައެވެ. ރިޕޯޓްތައް ބުނާގޮތުން 4 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު ސޯފީއާއި ޖޯ ވަކިން ދިރިއުޅޭތާ މަސްތަކެއް ވެއްޖެ ކަމަށް އެދެމީހުންނާއި ގާތް ކަމަށް ބެލެވޭ މީހަކު މީޑިއާއަކަށް ރިޕޯޓްކޮށްފަވެއެވެ. އެހެން ނަމަވެސް އުމުރުން 34 އަހަރުގެ ޖޯ އަދިވެސް އެންގޭޖްމަންޓް އަނގޮޓި ނުބާލައެވެ.
ގޭމް އޮފް ތްރޯންސްއިން މަޝްހޫޜުކަން ހޯދި އުމުރުން 27 އަހަރުގެ ސޯފީއާއި ގާތް މީހަކު މައުލޫމާތުދީފައިވާ ގޮތުގައި އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން ފެށީމަވެސް އެމީހުން އަދިއަދަށް ދާންދެން މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރިއެވެ. އޭނާ އިތުރަށް ހާމަކުރިގޮތުގައި ފާއިތުވި މަސްތަކުގައި އެދެމީހުންގެ ދަރިން ތިބީ ޖޯ ކައިރީގައެވެ. އަދި ސޯފީ މަސައްކަތް ކުރަމުން ދަނީ އިނގިރޭސި ވިލާތުގައިއެވެ.
ޖޯއާއި ސޯފީގެ ދެ އަންހެންކުދިން ތިބެއެވެ. އެއީ 3 އަހަރުގެ ވިލާ އަދި ޑީގެ ގޮތުގައި ފާހަގަކުރި 1 އަހަރުގެ އަންހެން ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު