މިއަހަރު ތެރޭގައި ބޮލީވުޑްގެ ކުރީގެ މަގްބޫލު ބައިވަރު ފިލްމުތަކުގެ ރީމޭކް ނުވަތަ ސީކުއެލްތައް އުފެއްދުމުގެ ޚަބަރުތައް ފެތުރެމުންދެއެވެ. އެގޮތުން، މިހާރު އެންމެ ފަހުން އިވެމުންދާ ޚަބަރަކީ 2000 ވަނަ އަހަރުގައި ނެރުނު ކާމިޔާބު ފިލްމު "ދަޅްކަން"ގެ ސީކުއެލްއެއް އުފައްދަން އުޅޭ ވާހަކައެވެ.
ހިންދީ ލޯބީގެ ފިލްމު "ދަޅްކަން"ގައި މައިގަނޑު ރޯލްތަކުގައި ހަރަކާތްތެރިވީ ޝިލްޕާ ޝެޓީ، އަކްޝޭ ކުމާރް އަދި ސުނިލް ޝެޓީއެވެ.
މި ފިލްމު ހެދުމަށް މަސައްކަތް ކުރަނީ ފިލްމުގެ ޕްރޮޑިއުސާ ރަތަން ޖޭއިންއާއި ޑައިރެކްޓަރ ދަރްމޭޝް ދަރްޝަން އެވެ. ދަރްމޭޝް ބުނީ ރަތަން އޭނާ ކައިރީގައި ސީކުއެލްއެއް އުފައްދަން ކިޔާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، އެހާ ކާމިޔާބު ފިލްމެއްގެ ސީކުއެލްއެއް ޒަމާނަށް އައި ބަދަލާއިއެކު އުފެއްދުމަކީ 'ރިސްކީ' ކަމަކަށްވުމުން އޭނާ އެ ހުށަހެޅުމަށް އިންކާރު ކުރި ކަމަށެވެ.
އެހެން ނަމަވެސް، މި މަހުގެ ކުރީކޮޅު މި ސުވާލު އަލުން އޭނާއާއި ކުރިމަތިކުރުވުމުން ވަކި ޖަވާބެއް ދީފައިނުވުމުން ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ އުންމީދު އެބައޮތް ކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ.
ދިގު މުއްދަތަކަށްފަހު ޝިލްޕާ ޝެޓީ ސްކްރީނަށް އެނބުރި އަންނަނީ މި މަހު ރިލީޒްވުމަށް ހަމަޖެހިފައިވާ ފިލްމް "ސުކީ" އިންނެވެ. އަކްޝޭ ވަނީ "އޯއެމްޖީ" ގެ ދެވަނަ ބައި ރިލީޒްކުރުމަށްފަހު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު