ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޓައިގާ ޝްރޯފްގެ އައު ފިލްމު "ގަނަޕަތް- އަ ހީރޯ އިޒް ބޯން" ގެ އެއްވަނަ ބައި އަންނަ މަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހިންދީ ފިލްމީ ބަތަލާ ކްރީތީ އާއި ޓައިގަރ އެއްކޮށް ފެނިގެންދާ މި ފިލްމަކީ އެކްޝަން ތްރިލާއެކެވެ. މި ދެ ތަރިންގެ އިތުރުން ތަޖުރިބާކާރު ބަތަލު އަމީތާބް ބައްޗަން ވެސް ފިލްމުގައި މުހިންމު ރޯލެއް ކުޅެފައި ވެއެވެ.

މި ފިލްމުގައި ފެންނާނީ ޒުވާން ހަނގުރާމަވެރިޔަކަށް ޚިޔާލީ ދުނިޔެއެއްގައި ކުރިމަތިވާ ގޮންޖެހުންތަކަކުން އަރައިގަންނަން އޭނާ ކުރާ މަސައްކަތްތަކެކެވެ.

ގިނަ އެކްޝަން ފިލްމުތަކުގައި މަސައްކަތްކުރާ ޓައިގާ އެންމެ ފަހުން މަސަައްކަތްކޮށްފައިވަނީ ހިންދީ އެކްޝަން ފިލްމު "ބާގީ 3" ގައެވެ.

ޕޫޖާ އެންޓަޓެއިންމަންޓުން ގުޑް ކޯއާ ގުޅިގެން އުފައްދާ، ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ "ގަނަޕަތް – އަ ހީރޯ އިޒް ބޯން" ޕްރޮޑިއުސްކޮށްފައި ވަނީ ވާޝޫ ބަގްނާނީ، ޖެކީ ބަގްނާނީ، ދީޕްޝިކާ ދޭޝްމުކް، އަދި ވިކާސް ބާލްއެވެ.

މިއީ ކްރީތީއާއި ޓައިގާ ފިލްމީ ދާއިރާއަށް "ހީރޯޕަންތީ" އިން އަލަށް ތައާރަފްވީތާ 9 އަހަރުގެ މެދުކެނޑުމަކަށްފަހު މި ދެ ތަރިން އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން