ގޮނޑިން ވެއްޓިގެން ލިބުނު އަނިޔާއެއްގައި އިންޑިއާގެ އެކްޓަރ އަކިލް ޝަރްމާ މަރުވެެއްޖެއެވެ.

އުމުރުން 67 އަހަރުގެ އަކިލް ގިނަ ބަޔަކަށް އެނގެނީ މަޝްހޫރު ފިލްމު "ތްރީ އިޑިއަޓްސް" ގެ ލައިބްރެރިއަންގެ ރޯލުންނެވެ. އަކިލްއަކީ ހިންދީ ފިލްމުތަކާއި ޑްރާމާތަކުގައި ކުދި ކުދި ރޯލްތަކުގައި ހަރަކާތްތެރިވީ ފަންނާނެކެވެ.

އަކިލްގެ އަންހެނުން ސޫޒަން ބާނާޓް ބުނީ މި ހާދިސާ މެދުވެރިވީ ގޭގެ ބަދިގެ ތެރޭގައި މަސައްކަތެއް ކުރަން އިށީނދެ އެއްޗެއް ނަގަން އުޅުމުގެ ތެރެއިން އަކިލް ގޮނޑިން ވެއްޓުމަށްފަހު އޭނާގެ މައިބަދައަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ. އާއިލާއިން އޭނާ މުމްބާއިގެ ހޮސްޕިޓަލަކަށް ގެންދިޔައިރު އޭނާއަށް ރަނގަޅަށް ވާހަކަދެއްކުނު ނަމަވެސް ފަހުން އޭނާގެ ޙާލަތު ގޯސްވި ކަމަށް ސޫޒަން ބުނެފައި ވެއެވެ. ފިލްމުތަކުގައި އެކްޓް ކުރާ ބަތަލާ ސޫޒަން ބުނީ އޭނާގެ ފިރިމީހާއަކީ ވަރަށް ބޮޑަށް ބްލަޑް ޕްރެޝަރގެ މައްސަލަ ހުރި މީހެއް ކަމަށެވެ.

ސޫޒަން ބުނީ މި ހާދިސާ މެދުވެރިވީ ދުވަހު އޭނާ ހުރީ ހައިދަރްއާބާދްގައި ޝޫޓިންގއެއްގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން