އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ރާހުލް ވޭދްޔާއާއި އޭނާގެ އަންހެނުން ކަމުގައިވާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ޑްރާމާ ސިލްސިލާގެ ބަތަލާ ދިޝާ ޕަރްމަރްއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

އުމުރުން 28 އަހަރުގެ ދިޝާ މި ވާޙަކަ އިއުލާންކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. މިއީ މި ދެ ތަރިންގެ ފުރަތަމަ ދަރިފުޅެވެ.

ސްޓާ ޕްލަސްގެ ޑްރާމާ ސިލްސިލާ "ޕްޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕްޔާރާ ޕްޔާރާ" އިން ތައާރަފްވި ދިޝާއާއި ރާހުލް އެންމެ ފުރަތަމަ ދިމާވެފައިވަނީ ދިޝާ ރާހުލްގެ ލަވައަކަށް ކުރި ކޮމެންޓަކަށް ފަހުއެވެ. އެއަށްފަހު، އެ ދެމީހުންގެ ރަހުމަތްތެރިން މެދެވެރިވެގެން ދިޝާއާއި ރާހުލް އެކަކު އަނެކަކާއި ބައްދަލުވުމަށްފަހު ލޯބީގެ ގޮތުން ގުޅުނެވެ.

ރާހުލް ދިޝާއަށް ކައިވެނި ހުށަހެޅީ ބިގް ބޮސް 17 ގައެވެ. އެއީވެސް ދިޝާގެ އުފަން ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން