އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ޓްރޭނިން ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ބޭނުންވާ، އޭ-ޒޯނުގެ ދާއިމީ ލައިސަންސް ލިބިފައިވާ މީހުން މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓްރީން ބުނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެކަމަށެވެ.

މިއަހަރުގެ ޖެނުއަރީ ނުވައަކުން ފެށިގެން ރާއްޖޭން ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968ގައި ބައިވެރިވެފައިވާއިރު، އެކޮންވެންޝަން ޖުމްލަ 99 ގައުމަކުން ވަނީ ބަލައިގަނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން