މިދިޔަ މަހުގެ ފަހުކޮޅު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ އޭނާގެ ފިރިމީހާ ރާގަވް ޗައްޑާއާއި ނުލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފިއެވެ.
ޕަރިނީތީ މިކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯ ހިއްސާ ކުރަމުންނެވެ. އޭނާ ބުނީ އޭނާ ރާއްޖެ އައީ "ގާލްސް ޓްރިޕް"އަކަށް ކަމަށެވެ. އަލަށް ކައިވެނިކުރާ ބްރައިޑެއްގެ ގާތްތިމާގެ އަންހެނުންނާއި ރަހުމަތްތެރިން ވަކިން ދަތުރުތަކަށް ނުވަތަ މަޖާކޮށްލަން ދިއުމަކީ ޢާންމުކޮށް އިންޑިއާ އަދި ރާއްޖެއިން ބޭރުގައި ހިނގާ ސަގާފަތެކެވެ. އެހެން ނަމަވެސް، މިއީ ކައިވެނި ގާތްވުމުން ކުރާ ކަމެކެވެ. ކައިވެންޏަށް މާ ގިނަ ދުވަސް ނުވަނީސް ފިރިމީހާ ގޮވައިގެން ހަނީމޫނަށް އައުމުގެ ބަދަލުގައި ޕަރިނީތީ އައީ އޭނާގެ ފަހަރި ގޮވައިގެންނެވެ.
އެހެންކަމުން، އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯގެ ކެޕްޝަނަކަށް "ހަނީމޫންގައިއެއް ނޫން މި އިނީ" ކަމަށް ޕަރިނީތީ ލިޔެފައި ވެއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޕަރިނީތީ މިވަގުތު މަޑުކޮށްގެން ހުރީ ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓްގައެވެ.
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު އެންމެ ޒުވާން މަޖިލީސް މެންބަރު ރާގަވްއާއި ޕަރިނީތީއަކީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި އެއްކޮށް ކިޔެވި ދެމީހުންނެވެ. އަހަރުތަކެއް ފަހުން މިދެމީހުން ރައްޓެހިވިކަން މީޑިއާތަކަށް ހާމަވީ ކައިވެނިކުރަން ކައިރިވެފައި ވަނިކޮށެވެ. އެއަށްފަހު 24 ސެޕްޓެމްބަރގައި ރާގަވްއާއި ފަރިނީތީ ވަނީ އުދޭޕޫރްގެ ގަނޑުވަރުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު