ކައިރިކައިރީގައި ދަރިން ހޯދާ މީހުންނަށް އެކަމުގައި ހުރި ވޭނާއި އުނދަގޫތައް އިހުސާސްކުރެވޭނެ ކަންނޭނގެއެވެ. އެހެން ނަމަވެސް، ގިނަ ދަރިން ލިބުމަކީ ނިއުމަތެކޭ މީހުން ބުނެއުޅެއެވެ. މިއީ ރަޝިއާގެ ކްރިސްޓިނާ އޮޒްތުރްކް ޤަބޫލުކުރާ ގޮތެވެ. ކްރިސްޓިނާ ވަނީ އުމުރުން 26 އަހަރުގައި 22 ދަރިން ހޯދާފައެވެ.

އެ ހުރިހާ ކުދިންގެ ތެރޭގައި އެންމެ ކުއްޖަކު ފިޔަވައި ދެން ތިބި ހުރިހާ ކުދިން ހޯދާފައިވަނީ ސަރޮގޭޓެއްގެ އެހީގައެވެ. ސަރޮގޭޓް ކުރުމަކީ ކުއްޖަކު ހޯދަން ބޭނުންވާ ދެމީހަކު އެހެން އަންހެނަކާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ފިރިހެނެއްގެ ދަރިފަންޏާއި އަންހެނެއްގެ ބިސް، އެކަމަށް އެއްބަސްވާ އަންހެނެއްގެ ރަހިމުގެ ތެރެއަށްލައި ގަރުބަގަންނުވައިގެން ދަރިއަކު ހޯދުމެވެ. މިގޮތަށް ސަރޮގޭޓެއްގެ ރަހިމުގައި ދަރިފަންޏާއި ބިސް އަށަގަންނުވަނީ ކުއްޖާގެ ބެލެނިވެރިކަން ކުއްޖާގެ މައިންބަފައިންނަށް ޤާނޫނީގޮތުން ހަވާލުކުރާ އުސޫލުންނެވެ.

ސަރުގޭޓްކުރާ އުސޫލުގައި އެކުއްޖާ ވިހާ ސަރުގޭޓް މައިމީހާއަށް އެކުއްޖާއަކީ އޭނާގެ ދަރިއެއްގެ ގޮތުގައި ބެލޭނެ އެއްވެސް ހައްގެއް ނޯންނާނެއެވެ. ކުއްޖާއަށް ބަލިވެއިނދެ ވިހެމާއި ހަމައިން އޭނާގެ ވާޖިބު ނިމުނީއެވެ.





އޭނާއާއި ބެހޭގޮތުން ޑެއިލީ މެއިލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައިވާގޮތުންނަމަ ޖޯޖިއާގައި ދިރިއުޅޭ ކްރިސްޓިނާއާއި އޭނާގެ ފިރިމީހާއަށް ލިބުނު 20 ކުދިން ހޯދާފައިވަނީ އެއް އަހަރު ތެރޭގައެވެ. އެ ހުރިހާ ކުދިން އުފަންވީ 2020 ވަނަ އަހަރުގައެވެ. އަދި ކްރިސްޓިނާގެ ފުރަތަމަ ދަރިފުޅު އުފަންވީ 2014 ވަނަ އަހަރުގައެވެ. އެއީ ކުރީގެ ކައިވެންޏަކުން އުފަންވި ކުއްޖެކެވެ. އަދި އެންމެ ހަގު ކުއްޖާ އުފަންވީ ޖެނުވަރީ 2021 ގައެވެ.



އޭނާ ބުނީ އޭނާގެ މިލިއަނަރު ފިރިމީހާ ގާލިޕް، 58، އާއިއެކީ 105 ކުދިން ހަމަކުރަން ބޭނުންވާ ކަމަށެވެ. ގާލިޕް މިވަގުތު ހުރީ ޑްރަގްސް ގެންގުޅުމުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން