އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ބިލިއަނަރަކަށްވެއްޖެއެވެ.
ޓެއިލާއަށް މި މަޤާމް ލިބުނީ އޭނާ ބޭއްވި އިރާސް ޓުއާއަށްފަހުއެވެ. އުމުރުން 33 އަހަރުގެ ޓެއިލާގެ މި ޓުއަރއަށްފަހު އޭނާގެ ނެޓް ވޯތް މިހާރު 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ ޓެއިލާގެ ނަމުގައި ހުރި ފަސް ގެ ނުވަތަ ގޯއްޗާއި، ސޯޝަލް މީޑިއާ ހޭންޑްލްތަކަށް ލިބޭ އާމްދަނީއާއި ރިކޯޑް ކެޓަލޮގާއި ކޮންސަޓް ޓިކެޓާއި ވިއްކި މުދާތަކުގެ ޖުމްލަ އަގުކަމަށް ރިޕޯޓްގައި ވެއެވެ.
އޭނާ ވަނީ މި ޓުއަރގެ މައްޗަށް ފިލްމެއްވެސް އުފައްދާފައެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގެ ރިކޯޑުތައްވެސް މުގުރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު