ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނަންޔާ ޕާންޑޭގެ 25 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ރޭގައި އޭނާ ވަނީ އުފަންދުވަހުގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. އަނަންޔާ މިވަގުތު ހުރީ ސޮނޭވާ ޖާނި ރިޒޯޓްގައެވެ.

"ޑްރީމް ގާލް 2" ފަދަ ފިލްމުތައް ކުޅެފައިވާ އަނަންޔާ ހިއްސާކުރި ފޮޓޯގައި އޭނާއާއެކު އިތުރު މީހަކު ފެންނާކަށް ނެތެވެ.

ރާއްޖެއަކީ ބޮލީވުޑްގެ ފަންނާނުންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލެކެވެ. އަނަންޔާ ވަނީ މީގެ ކުރީގައިވެސް ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކޮށްފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން