ސިޔާސީ ޝަހްސުންނަކީ އެމީހުންގެ ކިބައިން ވަކި ތަފާތު ކަމެއް ފެންނަ ލީޑަރޝިޕްގެ ސިފަތައް ހުންނަ މީހުންނެވެ. މިފަދަ މީހުން މަޤާމްތަކަށް އައްޔަން ކުރާއިރު ނުވަތަ އިންތިޚާބުވެ ވަޑައިގަންނަވަނީ ތަފާތު އެކި ސަބަބުތަކާއި ގުޅިގެންނެވެ. މިފަހަރު މިހިމަނާލާ ލިސްޓުގައިވާ ބޭފުޅުންނަކީ އެބޭފުޅުންގެ ލީޑަރޝިޕް ކޮލިޓީގެ އިތުރަށް ބުރުސޫރައިގެ ރީތިކަމުން މީހުންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ބޭފުޅުން ކަމަށް ބައެެއް މީހުން ޤަބޫލުކުރެއެވެ.

1- ޖަސްޓިން ޓްރޫޑޯ



ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ސިޔާސަތުތަކަށް ބައެއް މީހުން ތަރުހީބުނުދިނަސް، އަންހެންވެރިންގެ މެދުގައި ޓްރޫޑޯއަކީ ވަރަށް މަޤްބޫލު ޝަހްސިއްޔަތެއްކަމަށް ބުނެއުޅެއެވެ. އުމުރުން 50 އަށްވުރެ މަތިވުމުންވެސް ޓްރޫޑޯގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ސިޔާސީ ދާއިރާއަށް ވަނުމަށްފަހުވެސް، ޓްރޫޑޯ ވަނީ އެކި ކެމްޕެއިންތަކަށް އިޝްތިހާރު ކުޅުއްވާފައެވެ. އަދި މޮޑެލްވެސް ކުރައްވާފަވެއެވެ.

2- ރާހުލް ގާންދީ



އިންޑިއާއަށް މިނިވަންކަން ހޯދާދިން ބާނީ، މަހާތްމާ ގާންދީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ރާހުލް ގާންދީއަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރެއްވި މެންބަރެކެވެ. އިޓަލީ ދަރިކޮޅުގެ މަންމައަކަށް އުފަން ރާހުލްއަށް މަޖިލީހުގެ ގޮނޑި ގެއްލުނަސް، އޭނާއަކީ އިންޑިއާގައި މަޤްބޫލު ޝަހްސިއްޔަތެކެވެ.

3- ޖިގްމޭ ކޭސަރް ނަމްގްޔެލް ވާންގްޗުކް



ވާންގްޗުކްއަކީ ބޫޓާންގެ މިހާރުގެ ރަސްގެފާނެވެ. އެމަނިކުފާނަކީ ބޫޓާންގެ އެންމެ ހަގު ރަސްގެފާނެވެ. ޕޮލިޓިކަލް ސައިންސްއިން މާސްޓާސް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ޖިގްމޭ ބޫޓާންގެ ރަސްކަމަށް އައްޔަންވެވަޑައިގަތީ އުމުރުފުޅުން އެންމެ 26 އަހަރުގައެވެ.

4- ޝެއިހް ހަމްދާން ބިން މުޙައްމަދު އަލް މަކްތޫމް



ދުބާއީގެ ވަލީއަހުދު ހަމްދާންއަކީ ކުޅިވަރުގެ އެކި ހަރަކާތްތަކަށް ހުންނަ ޝައުގުވެރިކަމާއި ގުޅިގެން އިންސްްޓަގްރާމްގައި 16.1 މިލިއަން މީހުން ފޮލޯކުރާ ބޭފުޅެކެވެ. އަދި އޭނާގެ ރީތިކަމާއި ގުޅިގެން ވަނަމަކަށް އަންހެންކުދިންގެ މެދުގައި "އަލާޑިން"ގެ ލަގަބު ވެސް ލިބިފައިވެއެވެ.

5- ޕެޑްރޯ ސާންޗޭޒް ޕެރޭޒް ކަސްޓެހޯން





އުމުރުފުޅުން 51 އަހަރުގެ ޕެޑްރޯ ސްޕެއިންގެ ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގަތީ 2018 ވަނަ އަހަރުގައެވެ. ރީތި ހިނިތުންވުމެއް ލިބިފައިވާ ޕެޑްރޯ 2004 ވަނަ އަހަރުގައި އެމަނިކުފާނުގެ ސިޔާސީ ކެރިއަރ ފެށްޓެވީ ސިޓީ ކައުންސިލަރެއްގެ މަގާމުންނެވެ.

6- ބަރަކް އޮބާމާ



ބަރަކް އޮބާމާއަކީ އެމެރިކާގެ އެންމެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްއެވެ. ރިޕޯޓްތައް ބުނާގޮތުގައި އޮބާމާއަކީ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. އޮބާމާ ކޮންމެ ޕޯޑިއަމަކަށް އަރާވަޑައިގެން ވާހަކަފުޅު ދައްކަވަކަން ހުންނެވިޔަސް އޭނާގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަ ފަހަރެއް މަދުން ނޫނީ ނުފެންނަނެއެވެ.

7- ޕްރިންސް އަމެޑެއޯ



ބެލްޖިއަމްގެ އަމީރު ޕްރިންސް އަމެޑެއޯއަކީ ބެލްޖިއަމްގެ މިހާރުގެ ރަސްގެފާނަށް ލިބިވަޑައިގަތް 6 ވަނަ އަމީރުއެވެ. އުމުރުފުޅުން 37 އަހަރުގެ އަމެޑެއޯ ކައިވެނި ބައްލަވައިގަތީ އިޓަލީގެ ނޫސްވެރިޔަކާއެވެ.

8- ޓިމް ހެރިސް



ޓިމް ހެރިސްއަކީ ސައުތު އެފްރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެކެވެ. އަދި އޭނާ ވަނީ 2 އަހަރު ދުވަހު ސައުތު އެފްރިކާގެ ފިނޭންސް މިނިސްޓަރކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

9- އެންރީކޭ ޕެންޔާ ނިއެޓޯ



ނިއެޓޯއަކީ 2012 އިން 2018 އަށް މެކްސިކޯގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މެކްސިކޯގެ 57 ވަނަ ރައީސް، ނިއެޓޯގެ ރީތިކަމާއި ގުޅިގެން އޭނާއަކީ ސިޔާސީ ދާއިރާގެ ''ޖޯޖް ކްލޫނީ' ކަމަށް އޭރުގައި މެކްސިކޯގެ މީހުން ދެކުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން