ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ އިޒްރޭލުގެ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެންޖެލީނާ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ޣައްޒާ ހަދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޖަލަށް ކަމަށެވެ.

"މިހާރު އެތަން އެއޮތީ ފިލާނެ ތަނެއް ނެތް ތާށިވެފައިވާ އާބާދީއެއްގެ ގަބުރުތައް ވަށާލާފައި އޮތް ތަނަކަށް ހަދާފަ." އެންޖަލިނާ ބުނެފައި ވެއެވެ.

އަދި ޣައްޒާގައި ނިޔާވި މީހުންގެ ތެރެއިން 40 އިންސައްތައަކީ ކުޑަކުދިންކަންވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.



"ސަރުކާރުތައް ޖަރީމާ ހިންގުމަށް އެއްބާރުލުން ދޭއިރު ދުނިޔެ މިތިބީ (އެކަން) ބަލަން." އިންސްޓަގްރާމްގައި ޝުއޫރު ފާޅުކުރަމުން އޭނާ ވަނީ ޣައްޒާގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށްފައެވެ.

ހަނގުރާމަ ހުއްޓުވަން އދ. އިން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ހުޅަނގުގެ ލީޑަރުންނަށް އެންޖެލީނާ ވަނީ ފާޑުކިޔާފައެވެ.

އެންޖެލީނާއެކޭ އެއްގޮތަށް ވަރަށް ގިނަ މީހުން ވަނީ 7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން