ނިވާކަން ކުޑަ ހެދުން ލުމުގައި މަޝްހޫރު ބަތަލާ އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ އުރްފީ ޖާވިދް އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
24 ގަޑިއިރުގެ މުއްދަތަކަށް އުރްފީ ކުޑަގޮޅިއަށް ލާފައިވަނީ އިންޑިއާގެ ފުލުހުން އޭނާ ހައްޔަރުކުރާ ކަމަށް ދައްކުވައިދޭ އަސްލެއް ނެތް ވީޑިއޯއެއް އުފައްދައިގެން މީސް މީޑިއާގައި އެވީޑިއޯ ދައުރުކުރުމުގެ ތުހުމަތުގައެވެ.
އެވީޑިއޯގައި ފެންނަނީ ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި އަންހެނުން ތަކެއް އުރްފީ ހައްޔަރުކުރާ މަންޒަރެވެ. ޢާންމުންގެ ތެރޭގައި އާދަޔާޚިލާފަށް ނިވާކަން ކުޑަ ހެދުމެއް ލުމުގެ ކުށުގައި އުރްފީ "ހައްޔަރުކުރި" ކަމަށް އެ ވީޑިއޯގައި ދައްކުވައިދީފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އުރްފީ އެގޮތަށް އަމަލުކުރީ މީޑިއާގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ.
މިމަކާއި ގުޅޭގޮތުން ފުލުހުން ބުނީ ވީޑިއޯގައި ފެނިގެންދަނީ ފުލުހުން ނޫން ކަމަށާއި ފުލުސް ޔުނީފޯމް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ އެ އަމަލަކީ ފުލުހުން ބަދުނާމް ކުރުމަށް ކޮށްފައިވާ ޖިނާއީ ކުށެއް ކަމަށެވެ. މި ކުށުގެ ތުހުމަތުގައި އުރްފީއާއި އެއްކޮށް އިތުރު 3 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު