ބޮލީވުޑްގެ މަޝްހޫރު ތަރި، އަދި މިސް ޔުނިވާސްގެ މަގާމު ހާސިލުކޮށްފައިވާ ރީތީގެ ރާނީ، ސުޝްމީތާ ސެންއާއި ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލް އަލުން ގުޅިއްޖެއެވެ.

ސުޝްމީތާއާއި ރޯމަން އަލުން ރައްޓެހިވީކަން ހާމަވީ ދިވާލީ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޕާޓީއަކަށް އެދެމީޙުން އަތު ގުޅާލައިގެން ދިޔަ މަންޒަރު ކެމެރާތަކުގެ ލެންސަށް އެރުމުންނެވެ.

ދުވަހަކުވެސް މީހަކާއި ކައިވެނިކޮށްފައިނުވާ ސުޝްމީތާއާއި ރޯމަން އެންމެ ފުރަތަމަ ދިމާވީ އިންސްޓަގްރާމުންނެވެ. އޭރު ރޯމަން ވަނީ ސުޝްމީތާއަށް ފޮނުވި ފްރެންޑް ރިކުއެސްޓަކަށްފަހު އޭނާއާއި ރައްޓެހިވެފައެވެ.

އެހެން ނަމަވެސް، 2021 ވަނަ އަހަރުގައި މިދެމީޙުންގެ ގުޅުން ނިމުމަކާއި ހަމައަށްއައި ފަހުންވެސް ރޯމަންއާއި ސުޝްމީތާ ގާތް ރަހުމަތްތެރިންގެ ގޮތުގައި ދެމިތިއްބެެވެ. ސުޝްމީތާއަށް ހާޓް އެޓޭކެއް ޖެހުނުއިރުގައިވެސް، ރޯމަން ވަނީ އޭނާގެ ސިއްހަތު ރަނގަޅުވަންދެން އެހީތެރިވެދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން