ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫގެ ދަރިފުޅު، ދޭވީ ސިންގް ގްރޯވާއަށް އެއް އަހަރު ފުރުމުގެ މުނާސަބާ ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ބިޕާޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައީ ދަރިފުޅު ދޭވީއާއި ފިރިމީހާ ކަރަން ސިންގް ގްރޯވާއާއި އެކީގައެވެ. ބިޕާޝާ އާއިލާއާއި އެކީ ޗުއްޓީ ހޭދަކުރަމުންދަނީ ރެޑިސަން ބްލޫ މޯލްޑިވްސް ރިޒޯޓްގައެވެ.



ބިޕާޝާއާއި ކަރަން މީގެ ކުރީގައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލެކެވެ. ނިމިދިޔަ މަހުގައިވެސް ބޮލީވުޑްގެ އަނަންޔާ ޕާންޑޭއާއި ޕޫޖާ ހެޖް ފަދަ ތަރިން ވަނީ ރާއްޖޭގެ ރިޒޯޓު ތަކުގައި އުފަންދުވަސް ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން