ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓެކްއުޗި މިޑޯރިއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ ޖަޕާން ސަފީރާ ބައްދަލުވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ޖަޕާނަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އެކި ރޮނގުތަކުން ޖަޕާންގެ އެއްބާރުލުން ރާއްޖެއަށް ވަރަށް ބޮޑަށް ލިބިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.
ޚާރިޖީ ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޒަމީރު ގެންދަވަނީ ބޭރުގެ ޑިޕްމޮލެޓުންނާ ބައްދަލުކުރަށްވައި މިސަރުކާރުގެ ޚާރިޖީ ސިޔާސަތު އެފަރާތްތަކަށް އޮޅުންފިލުވައި ދެއްވަމުންނެވެ.
ދިވެހިރާއްޖެއިން ޖަޕާނާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.

I had the pleasure of meeting with H.E. Takeuchi Midori, the Ambassador of Japan to #Maldives, and review our longstanding partnership that has immensely contributed to the development of our nation.
— Moosa Zameer (@MoosaZameer) November 23, 2023
We are committed to strengthening the excellent 🇲🇻-🇯🇵 relationship.… pic.twitter.com/aRuAVPcaZV
ޚާރިޖީ ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޒަމީރު ގެންދަވަނީ ބޭރުގެ ޑިޕްމޮލެޓުންނާ ބައްދަލުކުރަށްވައި މިސަރުކާރުގެ ޚާރިޖީ ސިޔާސަތު އެފަރާތްތަކަށް އޮޅުންފިލުވައި ދެއްވަމުންނެވެ.
ދިވެހިރާއްޖެއިން ޖަޕާނާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު