ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޑރ. ޝާހް މާހިރު ހަމަޖައްސައިފިއެވެ.

މިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމު އަދާކުރެއްވި ޑރ. ޝާހު މާހިރު އެމަޤާމަށް ހަމަޖެއްސީ އިއްޔެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ސާލިހުގެ ސަރުކާރުގެ މަޤާމަކަށް ވަޑައިގަތުމަށްފަހު، ޝާހު ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

ޝާހް އަކީ ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްބީބީއެސް 2002 ވަނަ އަހަރު ހެއްދެވީ ވެސް އެ ޔުނިވާސިޓީންނެވެ. އޭނާ ވަނީ މީގެކުރިން އިނގިރޭސިވިލާތުގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން