ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، އެ ހޮސްޕިޓަލްގެ ހިޔަލަ ވިންގުގައި ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، އެ ވިންގުން ދެމުންގެންދިޔަ މުހިންމު ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އާއި، ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.

ހަމައެއާއެކު، ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑާއި، ކޮޓަރިތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށާއި، ގައިނީ ތިއޭޓަރުގެ ޚިދުމަތްތައް 12 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެހޮސްޕިޓަލަށް 75 އެނދު އިތުރުކުރުމަށް އަޅަމުންދާ އައު އިމާރާތުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން