ޝާހްރުކް ޚާން ލީޑު ރޯލުން ފެނިގެންދާ ހިންދީ ފިލްމު ޑަންކީ ރިލީޒް ކުރުމުގެ ކުރިން، ފިލްމުގެ އެޑްވާންސް ބުކިންގ ސޭލްސްގެ ގޮތުގައި 7.7 ކްރޯޑް ރުޕީސް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބުރާސްފަތި ދުވަހު ސިނަމާތަކަށް ރިލީޒް ކުރަން ހަމަޖެހިފައިވާ މިފިލްމުން ޝާހްރުކް ހާން ގެ އިތުރުން ތާޕްސީ ޕަންނޫ އަދި ވިކީ ކައުޝަލް ލީޑް ރޯލުން ފެނިގެންދާނެ އެވެ.
މި ފިލްމަކީ އިޖުތިމާއީ މައްސަލަ ތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމެޑީ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ޕަންޖާބުގެ ފަސް ރައްޓެހިންގެ ގްރޫޕަކުން ޕާސްޕޯޓާއި ސައްހަ ލިޔެކިއުމެއް ނެތި އިނގިރޭސިވިލާތަށް ދަތުރުކުރާތަން ދައްކުވައިދެއެވެ.
މިފިލްމާ ބެހޭގޮތުން ޝާހްރުކް ޚާން ބުނީ ޑަންކީ އަކީ ކޮމެޑީއެއް ނަމަވެސް ހަގީގީ އިޖުތިމާއީ މައްސަތައް ފެނިގެން ދާނެ ކަމަށެވެ. އެގޮތުން އަމިއްލަ ގައުމުން ބޭރުގައި ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ސައްހަ ނޫން ގޮތްގޮތަށް ކުރާ ނުރައްކާތެރި ދަތުރުތަކާއި، އެމީހުން ތަހައްމަލު ކުރަން މަޖުބޫރުވާ ކަންކަން މިފިލްމުން ފެނިގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު